ޗެމްޕިއަންސް ލީގް

ގާޑިއޯލާގެ ތަފާތު ހަނދާންތަކެއް މެޑްރިޑާ ގުޅިފައި

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި މިރޭ، ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ، މެޑްރިޑްގެ ސެންތިއާގޯ ބޭނެބެއު ސްޓޭޑިއަމްގައި ކުޅޭ މެޗަކީ އޭނާއަށް ވަރަށް ހާއްސަ ހަނދާންތަކެއް ގެނެސްދޭނެ މެޗެއް ކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ ބާސާގެ ކުރީގެ ކުޅުންތެރިޔެކެވެ. އަދި އެ ޓީމަށް އެންމެ ގިނަ ކާމިޔާބުތައް ހޯދައިން އެއް ކޯޗެވެ. ކޮންމެ ޓީމެއްގައި ގާޑިއޯލާ ހުއްޓަސް، އޭނާ އަބަދުވެސް ބާސެލޯނާ ތަމްސީލު ކުރެ އެވެ. ގަމީހުގައި ޖަހާލާ ރިބަން ފަށަކުން ނަމަވެސް އޭނާގެ ހިތް އަބަދުވެސް އޮންނަނީ ބާސާ އާ ގުޅިފަ އެވެ.

ފުޓްބޯޅައިގައި ބާސެލޯނާ އާއި އެންމެ ވާދަ ވެރި ކުލަބަކީ ރެއާލް މެޑްރިޑެވެ. އެވާދަވެރިކަން ގޮސް ގާޑިއޯލާވެސް ގުޅުވައި ދެއެވެ. މިރޭގެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ވަރަށް ގިނަ ފަހަރަށް ރެއާލްގެ ދަނޑުގައި ބަލިވެފައިވާ ކަމަށެވެ. ނަމަވެސް ކޯޗެއްގެ ގޮތުގައި މެޑްރިޑްގެ ދަނޑުގައި ތަޖުރިބާ ކޮށްފައި ވަނީ ކާމިޔާބެވެ.

އޭނާގެ އެންމެ ހާއްސަ ކާމިޔާބަކީ 2009 ވަނަ އަހަރުގެ ސްޕެނިޝް ލީގްގެ މެޑްރިޑްގެ ދަނޑުގައި އެ ޓީމު ބަލިކޮށް ކާމިޔާބު ކުރުމެވެ.

"މި ސްޓޭޑިއަމްއަށް އައުމަކީ އަހަންނަށް ލިބޭ ހައްސަ އުފަލެއް،" މެޑްރިޑްގެ ބާނެބެއު ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުންޏެވެ. "މިއީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސްޓޭޑިއަމް، މި ސްޓޭޑިއަމްއަށް އައުމަކީ އަހަންނަށް އަހަންނަށް ވަރަށް ހާއްސަ ޝަރަފެއް."

"ކުޅުންތެރިޔެއްގެ ގޮތުގައި އަހަރެން ވަނީ ވަރަށް ގިނަ ފަހަރަށް މި ސްޓޭޑިއަމް ބަލިވެފަ، މި ދަނޑުގައި އަހަރެންގެ އެންމެ އުފާވެރި ހަދަނާކީ 6-2 ންް ރެއާލް ބަލިކޮށް 2009 ގެ ލީޑް ކާމިޔާބު ކުރުން، އުފާ ވަނީ މިދަނޑުގައި 6-2 ން މޮޅުވީމަކަށް ނޫން، ނަމަވެސް މި ދަނޑުގައި އަހަރެމެންނަށް ލީގް ކާމިޔާބު ކުރެވުނީމަ."

ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނާ ގޮތުން މިވަގަތު ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗަކީ ގާޑިއޯލާ އެވެ. ޒިދާން ކޯޗަކަށް ވުމުގެ ކުރިން އޭނާ ވަނީ ގާޑިއޯލާ ބަޔާން މިޔުނިކްގެ ކޯޗަކަށް ހުރިއިރު އެ ޓީމުގެ ޕްރެކްޓިސްތައް ބަލަން ގޮސްފަ އެވެ.

އެކަމަށް އިޝާރާތްކޮށް ގާޑިއޯލާ ބުނީ، ދުނިޔޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައ ހިމޭނޭ ކުޅުންތެރިޔަކު ކޯޗަކަށް ވުމުގެ ކުރިން، އޭނާ މަސައްކަތް ކުރާ ޓީމެއްގެ ޕްރެކްޓިސް ބަލަން އައުމަކީ އޭނާގެ ޓީމަށްވެސް ލިބުނު އުފަލެއް ކަމަށެވެ. އަދި ބުނީ ކޯޗެއްގެ ގޮތުގައި ޒިދާން ހޯދާފައިވަ ކަމިޔަބަކީ ފުޓްބޯޅައަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި އެހެން ކޯޗަކަށް ދެން ޗެމްޕިއަންސް ލީގް ޖެހިޖެހިގެން ތިން ފަހަރު ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.