ހަބަރު

ރިލްވާންގެ އާއިލާގެ ސުވާލް މާޗުގެ ހިނގުމެއް ބާއްވައިފި

Jan 9, 2015

ނޫސްވެރިޔާ، އަހުމަދު ރިލްވާން ގެއްލުނު ހާދިސާއާ ގުޅުވައި އުފެދޭ ސުވާލުތައް އާ ކުރުމުގެ ގޮތުން އާއިލާ އާއި ރަހުމަތްތެރިން ފަށާފައިވާ ހިނގާލުން، "ސުވާލު މާޗް" ގެ ހިނގުމެއް މިއަދު މާލޭގައި ބާއްވައިފި އެވެ.

ހަވީރު އޮތް އެ ހިނގާލުމުގައި ހުއްޓާ ނުލައި ސުވާލު މާޗް ކުރިޔަށް ގެންދާނެ ކަމަށާއި އެކަމަށް ނިމުން ގެންނާނީ ރިލްވާނު ގެއްލުނު މައްސަލައިގެ ތަހުގީގު ނިމުމުން ކަމަށް ގޮވާލާފައި ވެއެވެ.  

އަދި ރިލްވާން މައްސަލައިގެ ތަހުގީގު ފުލުހުން ގެންދާ ގޮތާމެދު ހިތްހަމަ ނުޖެހޭ ކަމަށާއި ތަހުގީގަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާތީ ކަންބޮޑުވާ ކަމަށް ވެސް ބުނަމުންދިޔަ އެވެ.

ރިލްވާން ގެއްލުނީ މިދިއަ އޯގަސްޓް މަހުގެ އަށް ވަނަ ދުވަހު އެވެ. އޭނާގެ ހަނދާންތައް އާކޮށް ސުވާލު އުފެއްދި މިއަދުގެ އެ ހިނގާލުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.