ވިޔަފާރި

ޓްރިޕްއެޑްވައިޒާގެ އެވޯޑެއް ކޮކޫންއަށް

Aug 9, 2020

ކޮކޫން ބްރޭންޑުން ރާއްޖޭގައި ހިންގާ ރިސޯޓްތަކަށް ބުކިން ވެބްސައިޓް، ޓްރިޕް އެޑްވައިޒާގެ އެވޯޑެއް ލިބިއްޖެ އެވެ.

ކޮކޫން މޯލްޑިވްސް އިން ހިންގާ "ޔޫ އެންޑް މީ އާއި ކޮކޫން" އަށް ލިބިފައިވަނީ ޓްރިޕް އެޑްވައިޒާގެ ކިޔުންތެރިންގެ ހޮވާ "ޓްރެވެލާސް ޗޮއިސް" އެވޯޑެވެ. މި އެވޯޑް ދެނީ ބުކިން ސައިޓު މެދުވެރިކޮށް އާއްމުންގެ ހިޔާލު ހޯދައިގެނެވެ.

ކޮކޫންގެ ކޮކޫން މޯލްޑިވްސް ރިސޯޓް ހިންގަނީ ޅ. އޫކޮޅު ފިނޮޅުގަ އެވެ. އިޓަލީގެ ޑިޒައިނަކަށް ފަރުމާކޮށްފައިވާ މި ރިސޯޓަކީ މިގޮތަށް ރާއްޖޭގައި ފަރުމާކުރި ފުރަތަމަ ރިސޯޓެވެ. މި ރިސޯޓް ފަރުމާކޮށްފައިވަނީ ލަގޯ ކުންފުނިންނެވެ. މީގެ އިތުރުން އެ ކުންފުނިން ރ. އަތޮޅުގައި ހިންގާ ޔޫ އެންޑް މީބައި ކޮކޫން ރިސޯޓް ހާއްސަކޮށްފައިވަނީ ކަޕުލްސް އާއި ރަހުމަތްތެރިން އެކުގައި ގޮސް ޗުއްޓީ ހޭދަކޮށްލާ ގޮތަށެވެ.