މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތައް ވެއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ އެ ހާދިސާ ހިނގާފައި ވަނީ މ. އަރޯބިއަން ވިލާގެ ގްރައުންޑް ފްލޯގައި ހުރި ކޮޓަރިއެއްގައި ކަމަށެވެ. އެ ކޮޓަރީ ސީލިންގް ފަންކާއެއްގައު ރޯވެ އަނދަމުން ދަނިކޮށް ގޭގައި ދިރިއުޅޭ މީހުން މިހާރު އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
މީހަކަށް އަނިޔާ ނުވި ނަމަވެސް ގޭގައި ހުރި ބައެއް މުދަލަށް ވަނީ ގެއްލުން ލިބިފައި ވެއެވެ.