ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޓޫރިސްޓުންނަށް ހިދުމަތް ދޭން 47 ސަފާރީއަކަށް ހުއްދަ ދީފި

ޓޫރިސްޓުންނަށް އަލުން ހިދުމަތް ދިނުމަށް 47 ސަފާރީއަކަށް މިހާތަނަށް ހުއްދަ ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިހާތަނަށް ހުއްދަ ދީފައިވާ ސަފާރީތަކުގެ ތެރެއިން 43 ސަފާރީއަކުން މިހާރު ވެސް ފަތުރުވެރިންނަށް ހިދުމަތް ދެމުންގެންދާ ކަމަށެވެ. ދެން ހުރި ސަފާރީތަކުން ވެސް މި މަސް ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް މީގެ ކުރިން ބަންދުކުރިއިރު ރިސޯޓުތަކާއި ސަފާރީތަކުގެ އޮޕަރޭޝަންސްތައް ހުއްޓުމަކަށް އައެވެ. ޖުލައި 15 ގައި ބޯޑަރު ހުޅުވާލުމާއެކު ބައެއް ރިސޯޓުތައް އޮޕަރޭޝަނަށް ގެނެސްފައިވެ އެވެ.

ނަމަވެސް ސަފާރީތަކުން އަލުން ހިދުމަތް ދެވޭނީ އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީގެ މިންގަނޑުތަކަށް ފެތުމުން އެ ކަމަށް މިނިސްޓްރީން ނަގަން ޖެހޭ ހާއްސަ ހުއްދައެއް ނެގުމަށް ފަހުގައި ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ސަފާރީތަކުން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ނަގާއިރު ބޭނުން ވާނީ މީރާ އާއި ހެލްތު އެންޑް ސޭފްޓީ ޕްލޭން އާއި ޑިކްލެރޭޝަން ފޯމް އާއި އޮޕަރޭޓިން ލައިސެންސް އެވެ. ސަފާރީތަކުގެ އިތުރުން ގެސްޓުހައުސް އާއި ހޮޓަލްތަކަށްވެސް ޓްރާންސިޓް މޫވްމަންޓްތަކަށް ބޭނުންކުރުމަށް ޓޫރިޒަމް މިނިސްޓްރީން ދަނީ ހުއްދަ ދެމުންނެވެ.