އެޗްއާރްސީއެމް

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 16، 17 އަދި 18 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން މިފަހަރު މި ހުޅުވާލީ އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު ޒާހިދު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ.

މީގެ ކުރިންވެސް އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލިއެވެ. އެއީ އެ ކޮމިޝަންގެ ރައީސް އައިމިނަތު އިނާސް އާއި މެމްބަރު މޫސާ އަލީ ކަލޭފާނާއި އައިޝަތު އަފްރީން މުހައްމަދު އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރަން ނިންމުމާއި ގުޅިގެންނެވެ.

މިހާރު ކޮމިޝަންގައި އިންނަވާނީ މެންބަރު ނައިވީން އަބްދުﷲ އެކަންޏެވެ.