ސިވިލްސާވިސް ކޮމިޝަން

ސިވިލް ސާވިސް ކޮމިޝަނަށް 41 މީހަކު ކުރިމަތިލައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ ހަތަރު މެންބަރު ކަމުގެ މަގާމަށް 41 މީހަކު ކުރިމަތިލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ސީއެސްސީއަށް ކުރިމަތިލި 41 މީހުންގެ ނަންތައް ހާމަކުރައްވައިފަ އެވެ. އެ ނަންތައް ދިރާސާކުރަން ފޮނުވާފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.

ސީއެސްސީގެ ހަތަރު މެންބަރުންގެ މަގާމު ހުސްވެގެން ދިޔައީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ކަމުގައި ހުންނެވި ޝަހީދު މުހައްމަދު އާއި، މެންބަރު ކަމުގައި ހުންނެވި ޒަކަރިއްޔާ ހުސައިން އިސްތިއުފާ ދެއްވުމުންނާއި މެންބަރު ކަން ކުރެއްވި އިބްރާހިމް ޝަހީގު ވަކިކުރަން މަޖިލީހުން ފާސްކުރުމުންނެވެ.

ސީއެސްސީގައި މިހާރު އިންނަވާނީ މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ. އާމިރާ އަކީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ އެވެ. ކޮމިޓީން އާމިރާގެ މައްސަލަ ބެލި ނަމަވެސް ނިންމީ ވަކިނުކުރުމަށެވެ. އެ ކަމުގައި ރޮޒައިނާ ބައިވެރިއެއް ނުވެ އެވެ.

ސީއެސްއީއަށް ކުރިމަތިލި މީހުންގެ މައުލޫމާތު

  • އަހުމަދު މަންސޫރު، ވ. ރިވެތި، ކ. މާލެ
  • އަހުމަދު ސައީދު، ތިބިރޯޒްގެ، ގދ. މަޑަވެލި
  • މަރިޔަމް މުނާ، މ. ބާރަނާގެ
  • އަބްދުލް ބާރީ އަބްދުﷲ، ހ. މެލަން
  • މުހައްމަދު ޝަރީފް، ފުސްތުޅާގެ، ގދ. ތިނަދޫ
  • އާއިޝަތު ހުސައިން މަނިކު، ހ. ރީނދޫކޮކާގެ
  • ރިފާއާ އަބްދުﷲ، ގުލްބަކާގެ، އއ. ތޮއްޑޫ
  • ހާރިސް މުހައްމަދު، ދ 4892
  • އިބްރާހިމް ޝަރީފް، ބްލެކް، ރ. މީދޫ
  • މުނާ މުހައްމަދު، މ. ބަބުނަ
  • ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ
  • އަބްދުލް ބާރީ ހުސައިން، ފަސާނާ، ރ. ހުޅުދުއްފާރު
  • އަޖުވަދު އަލީ، ގ. ބްލޫވޭވް
  • ޑރ. އަހުމަދު އަދީލް ނަސީރު، ފުއްޓަރުގެ، ސ. ހިތަދޫ
  • އިބްރާހިމް މޫސާ، ހެޕީރޯޒް، ސ. މަރަދޫފޭދޫ
  • މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް
  • އިމްރާނާ ބިންތު އަބްދުﷲ، މ. ކަރޭޖް
  • އައިޝަތު ޝާހީން، މ. ވިލާރޮނދި
  • އިބްރާހިމް ހަމީދު، ހ. ނަސްރީނުގެ
  • ޖެނީނާ ނަސީމް، ހުޅެހި، ސ. މީދޫ
  • މުހައްމަދު ނަސީރު، މ. ފުންފިނި
  • މުހައްމަދު މައުރޫފް، ގ. ފޭދޫކޮށިގެ
  • އަޒްލީމާ އާދަމް، ދ. 341-94
  • މުހައްމަދު ފަރުހާދު، ހަސަންކާރިގެ، ސ. މީދޫ
  • އަލީ މުހައްމަދު މަނިކް، ދ. 1851
  • އައިޝަތު ޝަޒްލިނާ، ވ. ސާރާވިލާ
  • ފާތިމަތު ޝަރީފް، މާކޯޅި، ގދ. ތިނަދޫ
  • މުހައްމަދު ރިޒާ، ހ. އުމަރުފަޅު
  • އަހުމަދު މޫސާ، ހ. އަމްސާވިލާ
  • އައިޝަތު އަހުލާމް، މއ. ތުނބުރި
  • ރަންދާ ފުއާދު، ވ. ފަހިދޫ
  • ފާތިމަތު ރިފާއަތު، ގ. ވެގާ
  • މުހައްމަދު ނާސިހް، މ. ފަލްކަންގެ
  • ރަޝީދާ އަލީ، ގ. ޖަނަވަރީމާގެ
  • އަޒްމަތު، ދ. 9953
  • ޝުހުދާ ރިޝްވާން، ފްލާވާ މީޑް، ރ. މީދޫ
  • ފާތިމަތު އިފާޝާ، ގ. ވެނީޒިއާ
  • އައިމިނަތު ޔަޝްފާ، މއ. ނިރިލް
  • މުހައްމަދު ފާއިޒް، މއ. ހަވާނާ
  • މަރިޔަމް ޝެނިން، މއ. ފުސީދިޔާ
  • އަހުމަދު ނަޝީދު ހުސައިން