މެންޗެސްޓާ ޔުނައިޓެޑް

ސަންޗޯގެ ޓްރާންސްފާ ޔުނައިޓެޑަށް ނާކާމިޔާބު ވަނީ

ބުރޫޝިއާ ޑޯޓަމުންޑްގެ އިނގިރޭސި ފޯވަޑް ޖޭޑަން ސަންޗޯ އަންނަ ސީޒަންގައިވެސް އެ ކުލަބުގައި މަޑު ކުރާނެ ކަމަށް، ސްޕޯޓިން ޑައިރެކްޓާ މިޝައެލް ޒޯކް ބުނެފި އެވެ.

ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ޔުނައިޓެޑުން އެންމެ ގެންނަން ބޭނުންވާ ކުޅުންތެރިޔަކީ ސަންޗޯ އެވެ. މިދިޔަ ހަފުތާގައި ޔުނައިޓެޑާއި ޑޯޓަމުންޑާ ދެމެދު ވާހަކަ ދެކެވި ޓްރާންސްފާ އާ ވަރަށް ކައިރިއަށް ޔުނައިޓެޑަށް ދެވުނެވެ. އަދި އެ ކުލަބުން ވަނީ ސަންޗޯ އަށް ދޭނެ މުސާރައަކާ މެދުވެސް އޭނާއާއެކުވެސް އެއްބަސްވުމަކަށް އައިސްފަ އެވެ. ޔުނައިޓެޑުން ހުށަހެޅީ ހަފުތާއަކު 250،000 ޕައުންޑްގެ މުސާރައެއް އޭނާއަށް ދިނުމަށެވެ.

ޒޯކް ބުނީ، އަންނަ ސީޒަނަށް ޑޯޓަމުންޑުން ޕްލޭން ކުރަނީ ސަންޗޯ އާއެކު ކަމަށެވެ، " މި ނިންމުމަމީ މިހާރު ޔަގީން ވެފައިވާ ނިންމުމެއް،" އޭނާ ބުންޏެވެ. "އަހަރެން ގަބޫލު ކުރަނީ މި ޖަވާބުން އުފެދިފައިވާ ހުރިހާ ސުވާލަކަށް ޖަވާބު ލިބިގެން ހިނގައްޖެ ކަމަށް،

"މިދިޔަ ހޫނު މޫސުމުގައި އަހަރެމެން އެއްބަސްވީ ޖާޑަން [ސަންޗޯ] ގެ މުސާރަ ބޮޑު ކުރުމަށް އޭނާގެ ޕާފޯމަންސަށް ބެލުމަށް ފަހު، އެގޮތުން އޭނާގެ ކޮންޓްރެކްޓް ވަނީ 2023 ވަނަ އަހަރާ ހަމައަށް އިތުރު ކުރެވިފައި."

ދަ ގާޑިއަން އިން ބުނީ ޒޯކްގެ ވާހަކަ ތަކަކީ ޔުނައިޓެޑުން ހުށަހާޅާފައިވާ ބިޑް ބަދަލު ކުރުމަށް ބާރު އެޅުމުގެ ގޮތުން ދެއްކި ވާހަކައެއް ކަމަށެވެ. ޔުނައިޓެޑުން ހުށަހެޅީ ޓްރާންސްފާގެ އަގު 100 މިލިއަން ޔޫރޯ އިންސްޓޯލްމެންޓް އުސޫލުން ދެއްކުމާއެކު އެޑްއޯންސްގެ ގޮތުގައި އިތުރު 28 މިލިއަން ޔޫރޯ ދިނުމަށެވެ.

އެ ޕެކޭޖަށް ޑޮޓަމުންޑުން ރުހޭ ކަމަށް އަޑު ފެތުރުނުނަމަވެސް، އެ ކުލަބުން އެ ބިޑް ބަލައިގަތުމަށް ވަނީ ދެކޮޅު ހާދާފަ އެވެ. އެ ކުލަބުން އެދެނީ އެއްފަހަރާ 100 މިލިއަން ޔޫރޯ ޔުނައިޓެޑުން ދިނުމަށެވެ.

އަންނަ ސީޒަނަށް ތައްޔާރު ވުމަށް ޓްރޭނިން ކޭމްޕްގައި ޑޯޓަމުންޑުގެ ޓީމާއެކު ސަންޗޯ މިހާރު ވަނީ ސްވިޒަލޭންޑަށް ގޮސްފަ އެވެ.