ބޭރު ކުޅިވަރު

ފުޓްބޯޅަ ލެޖެންޑުންގެ ވޯލްޑް ކަޕް 2017ގައި

Oct 8, 2015

ކުޅުން ހުއްޓާލާފައި ތިބި ދުނިޔޭގެ ފުޓްބޯޅަ ކުޅުންތެރިންނަށް ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް 2017 ވަނަ އަހަރު މެކްސިކޯގައި ބާއްވަން ނިންމައިފި އެވެ.

މި މުބާރާތުގައި ބައިވެރިކުރަނީ 14 ގައުމެވެ. އެއީ އެމެރިކާ ސަރަހައްދުން ހަތަރު ގައުމާއި ޔޫރަޕުން ހަ ގައުމާއި އެފްރިކާ އާއި އެޝިޔާކުރެ ކޮންމެ ބައްރަކުން ދެ ގައުމެވެ.

"އަހަރެން ބޭނުން ޒައިނުއްދީންޒިދާނާއި ޑޭވިޑް ބެކަމް އާއި ބްރެޒިލްގެ ރޮނާލްޑޯ ކުޅޭތަން ދެކިލަން،" މުބާރާތުގައި ވާދަކުރާ މެކްސިކޯ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވާ އުމުރުން 48 އަހަރުގެ އެގައުމުގެ ކުރީގެ މަޝްހޫރު ކީޕަރު ޖޯޖް ކެމްޕޮސް ބުންޏެވެ.

އޭނާ އަދި ބުނީ މި މުބާރާތުގައި ކުޅޭ ވަރަށްވުރެ އާޖެންޓީނާގެ ކުރީގެ ކެޕްޓަން ޑިއެގޯ މަރަޑޯނާ މާމުސްކުޅި ކަމަށެވެ.

"އެންމެ ވެސް ބޭނުންވޭ ޑިއެގޯ މަރަޑޯނާ ކުޅޭތަން ދެކިލަން. އެކަމަކު އޭނާ މާ މުސްކުޅި ކުޅޭ ވަރަށް ވުރެ. އޭނާ އަށް ނުކުޅެވޭނެ،" 1990 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅުނު ކީޕަރު ބުންޏެވެ.

މި މުބާރާތް އިންތިޒާމް ކުރާ ކޮމިޓީގެ ފަރާތުން ތަމާ އަލް ސައުދު ބުނީ މުބާރާތުގެ ބޭނުމަކީ ފުޓްބޯޅައިގެ ތާރީހުގެ ހަނދާން އާކޮށްލުން ކަމަށެވެ.

"ކަލޭމެންގެ ބޮޑުވަމުން އަންނަ ކުދިންނަށް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލަޔޮނަލް މެސީ ކުޅޭތަން ފެންނަހެން އަހަރުމެންނާއެކު އަދިވެސް ޖަރުމަނުގެ ކުރީގެ ކެޕްޓަން ލޮތާ މަތެއަސް އާއި އޮރިޖިނަލް ރޮނާލްޑޯ ތިބިކަން އަންގައިދިނުން މުބާރާތުގެ ބޭނުމަކީ،" އަލް ސައުދު ބުންޏެވެ.