ވިޔަފާރި

ހިލޭ ޑޭޓާއާ އެކު ފަހުގެ އައިފޯން އުރީދޫ އިން ވިއްކަން ފަށައިފި

އެޕަލް ކުންފުނީގެ އެންމެ ފަހުގެ އައިފޯނު 6 އެސް އަދި 6 އެސް ޕްލަސް އުރީދޫ އިން މިއަދު ބާޒާރަށް ނެރެފި އެވެ.

އުރީދޫ މޯލްޑިވްސް އާއި އެޕަލްގެ ރާއްޖޭގެ ސޯލް ޑިސްރިބިއުޓާ އަދި ސްޓޮކިމް "ސޮފްޓް ޓަޗް" ގުޅިގެން ރާއްޖޭގެ ބާޒާރަށް ނެރުނު އެޕަލްގެ އެންމެ ފަހުގެ ފޯނުތައް "ހާއްސަ އަގުތަކެއްގައި" ލިބޭނެ ކަމަށް އެ ކުންފުނިން މިއަދު ބުންޏެވެ.

"އުރީދޫ އެކްސްޕީރިއަންސް ސެންޓަރުގައި" މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީނިޔަ އެގްޒެކެޓިވް ޕަބްލިކް ރިލޭޝަން ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އެ ކުންފުނިން އައިފޯނު ނަގާ ފަރާތްތަކަށް ލިބޭނީ މާކެޓުގައި ހުރި އެންމެ ހެޔޮ އަގު ކަމަށެވެ.

"އުރީދޫން މިދެނީ މާކެޓުގައި ހުރި އެންމެ ރަނގަޅު އަގުގައި ހޭންޑް ސެޓްތައް،" ނޫރާ ވިދާޅުވި އެވެ.

އުރީދޫ އިން ވަނި އައިފޯނަށް ޕްރީބުކިން ހެއްދި ފުރަތަމަ ފަރާތާ މިއަދު ފޯނު ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން އުރީދޫން ވަނީ އައިފޯނު ކޮންޓްރެކްޓް ނުހަދާ ލިބޭނެ އަގުތަކެއް ވެސް އިއުލާނުކޮށްފަ އެވެ. އެގޮތުން އުރީދޫން އެޕަލްގެ އެންމެ ފަހުގެ ފޯނެއް ނެގުމުން އެއް އަހަރު ދުވަހު ހިލޭ ބޭނުންކުރެވޭ ޑޭޓާއާއެކު ކޮންމެ މަހަކު ވެސް 100 މިނެޓު ހިލޭ ލިބެ އެވެ.

6 އެސް 16 ޖީބީގެ އައިފޯނެއް 13،499ރ.އަށް

6 އެސް 64 ޖީބީގެ އައިފޯނެއް 15،499ރ.އަށް

6 އެސް 128 ޖީބީގެ އައިފޯނެއް 16،799ރ. އަށް

6 އެސް ޕްލަސް 16 ޖީބީގެ އައިފޯނެއް 15،499ރ. އަށް

6 އެސް ޕްލަސް 128 ޖީބީގެ ފޯނެއް 18،799ރ. އަށް

އުރީދޫން ތައާރަފުކޮށްފައިވާ އައިފޯނުގެ އަގުތަކުގެ ތެރޭގައި އުރީދޫއާއެކު ކޮންޓްރެކްޓެއް ހެދުމުން ހާއްސަ އަގުތަކެއް ލިބެ އެވެ. އެގޮތުން ފޯނުތަކުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބެ އެވެ. ނަމަވެސް މިއަގު ލިބޭނީ އެ ކުންފުނީގެ ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު ޕޯސްޓްޕެއިޑް ޕެކޭޖުތައް ކަމަށްވާ 499 ނުވަތަ 999 އެއް އަހަރު ދުވަހަށް ނަގާ ކަސްޓަމަރުންނަށެވެ.

6 އެސް 16 ޖީބީގެ އައިފޯނެއް 9،999ރ.އަށް

6 އެސް 64 ޖީބީގެ އައިފޯނެއް 11،999ރ.އަށް

6 އެސް 128 ޖީބީގެ އައިފޯނެއް 12،999ރ. އަށް

6 އެސް ޕްލަސް 16 ޖީބީގެ އައިފޯނެއް 12،999ރ. އަށް

6 އެސް ޕްލަސް 128 ޖީބީގެ ފޯނެއް 13،999ރ. އަށް

އުރީދޫއިންވެސް އިންސްޓޯލްމެންޓް އުސޫލުން ފޯނު ދޫކުރެ އެވެ. މަހަކު 549ރ. ދައްކައިގެން އެންމެ ފަހުގެ އައިފޯނުތައް ގަތުމުގެ ފުރުސަތު ލިބޭނެ އެވެ. ނަމަވެސް މި ޕްލޭން ލިބެނީ ޑައުންޕޭމަންޓްގެ ގޮތުގައި 3،999ރ. ބަހައްޓައިގެނެވެ. އަދި މިއާއެކު ޕޯސްޓް ޕެއިޑް 599 ގެ ޕެކޭޖެއް ނުވަތަ 999 ގެ ޕެކޭޖެއް ކަސްޓަމަރުން ހިޔާރު ކުރަން ޖެހޭނެ ކަމަށް އުރީދޫން ބުނެ އެވެ.

6 އެސް 16 ޖީބީގެ އައިފޯނެއް 549ރ.އަށް

6 އެސް 64 ޖީބީގެ އައިފޯނެއް 749ރ.އަށް

6 އެސް 128 ޖީބީގެ އައިފޯނެއް 849ރ. އަށް

6 އެސް ޕްލަސް 16 ޖީބީގެ އައިފޯނެއް 749ރ. އަށް

6 އެސް ޕްލަސް 128 ޖީބީގެ ފޯނެއް 899ރ. އަށް

އުރީދޫން ބުނީ މަހުން މަހަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް އަން ލިމިނެޓު ކޯލާއި، އަން ލިމިޓެޑް މެސެޖް އަދި މަހަކު 10 ޖީބީއާއި ހަމައަށް ހިލޭ ޑޭޓާ ލިބޭނެ އެވެ. މީގެ އިތުރުން އައިޑީޑީ އޮފާ ލިބެ އެވެ. މީގެ ތެރޭގައި 499ގެ ޖެކޭޖު ނެގުމުން ބޭރުގެ އެއް ގައުމަކަށް ގުޅުމަށް 50 ޕަސެންޓުގެ ޑިސްކައުންޓް ލިބެ އެވެ. މީގެ އިތުރުން 999 ގެ ޕެކޭޖު ނެގުމުން ސްރީލަންކާ، އިންޑިޔާ، ތައިލޭންޑް، ސިންގަޕޫރު އަދި މެލޭޝިޔާއަށް ގުޅުމަށް 20 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.