ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ނަންބަރެއް ނުވެއްޓޭ: 143 މީހުން ޕޮޒިޓިވް

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 144 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 140 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އަދި ތިން މީހުންނަކީ އެހެން ރަށްރަށުން ބަލި ޖެހުނު މީހުންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 87 ދިވެހިން ހިމެނެއެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 140 މީހަކާއި އިންޑިއާގެ 10 މީހަކާއި ނޭޕަލްގެ ތިން މީހަކާއި ލަންކާގެ ދެ މީހެއްގެ އިތުރުން މިސްރު މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5,366 އަރާފައެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 35 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2884 އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2461 މީހުންނެވެ. ކޮވިޑްގައި 21 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި އެންމެ ފަހުން މީހަކު މަރުވީ މިއަދުއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި ގެނައި ދިގު ލޮކްޑައުންއަށް ފަހު ހާލަތު އިތުރަށް ގޯސްވެފައިވާތީ ކުރިން އަޅާފައިވާ ބައެއް ފިޔަވަޅުތަކާއި އާ ބައެއް ފިޔަވަޅުތައް އަޅައި ރައްކާތެރިކަން އިތުރަށް ވަރުގަދަ ކޮށްފައި ވެއެވެ. މިހާރު ވަނީ ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށް އަދި ރޭގަނޑު 10:00 އިން ފަތިހު 5:00 އާ ދެމެދު ބޭރުގައި އުޅުން މަނާކޮށްފަ އެވެ. އަދި ރަށްރަށަށް ދިއުމުގައި ދިން ލުއިތައް ވެސް ވަނީ ހަރުކަށިކޮށްފަ އެވެ.