ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. ނަޒްލާ ރަފީގް

އެންމެން އެޗްޕީއޭގެ އިރުޝާދަށް ބައްލަވާ: ނަޒްލާ

Aug 13, 2020
4

ބައެއް ފަރާތްތަކުން ކޮވިޑާ ގުޅޭ ގޮތުން ސޯޝަލް މީޑިއާ އާއި އެހެން ބައެއް ޕްލެޓްފޯމްތަކުގައި އެންމެ ރަނގަޅު ނޫން މައުލޫމާތު ފަތުރައި ޝެއާ ކުރާ ކަމަށާއި އާމުން އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލު ކުރަން ހެލްތު އިމާޖެންސީ ސެންޓަރު (އެޗްއީއޯސީ) ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު އެދި ވަޑައިގެންފި އެވެ.

ނަޒްލާގެ އެ ވާހަކަ އޭނާ ވެސް ވިދާޅުވީ ސޯޝަލް މިޑިއާގަ އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސޯޝަލް މީޑިއާ އާއި އެހެންވެސް ޕްލެޓްފޯމްތަކުގައި ކޮވިޑާގުޅޭ ރަނގަޅު ނޫން މައުލޫމާތު ބައެއް ފަރާތްތަކުން ޝެއާކޮށް ހަދާ" ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ އެޗްޕީއޭ އޮތީ އެންމެ ފުރިހަމަ މައުލޫމާތާއި އިރުޝާދު ދޭން ކަމަށާއި އެޗްޕީއޭގެ އިރުޝާދު އަޑު އަހަމަުން ދިއުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

އަދި އެހެން ޓްވީޓެއް ކުރައްވާ ނަޒުލާ ވިދާޅުވީ މި ދުވަސްވަރު ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރު ވެގެން ދާތީ އެޗްއީއޯސީގެ އޮޕޮރޭޝަންސްތައް ވެސް އިތުރަށް ފުޅާކޮށް ރަނގަޅު ކުރަމަށް މަސައްކަތްކުރާ ކަމަށެވެ.

ނަޒްލާގެ ޓްވީޓް

ރާއްޖޭގައި މިހާރު ކޮވިޑް ބަލީގައި 2461 މީހަކު އެބަތިއްބެވެ. ހޮސްޕިޓަލުގައި 150 މީހަކު އެޑިމިޓްކޮށްފައި ވެއެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 1507 މީހެކެވެ. މުޅި ރާއްޖޭގައި ބައްޔަށް ޕޮޒިޓިވް ވި ޖުމްލަ މީހުންގެ އަދަދު ވަނީ 5366 ގަ އެވެ. ފަސް ބިދޭސީން ހިމެނޭ ގޮތަށް މިހާތަނަށް ރާއްޖެއިން މި ބަލީގައި މަރުވީ 21 މީހެކެވެ. އޭގެ ތެރެއިން ދެ މީހަކު ފިޔަވައި ހިމެނެނީ ވަރަށް ދޮށީ އުމުރުގެ މީހުނެވެ.