ބަނދަރު ޕްރޮޖެކްޓް

ލަންދޫ ބަނދަރު ހަދަން ސާމަނު ގެންގޮސްފި

Aug 13, 2020

ނ. އަތޮޅު ލަންދޫ ބަނދަރު ތަރައްގީ ކުރަން ބޭނުންވާ މެޝިނަރީ އާއި އެހެނިހެން ސާމާނާއި އާތާލް، އެ ރަށަށް ގެންގޮސްފި އެވެ.

އެ ސާމާނު ލަންދޫގެ ޕްރޮޖެކްޓް ސައިޓަށް ގެންދިޔައީ މިއަދު އެވެ.

އެމްޓީސީސީން ކުރިޔަށް ގެންދާ މި މި މަޝްރޫއުގައި 25,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އެ ރަށުގެ ބަނދަރުގައި ފުން ކުރާއިރު 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލާނެ އެވެ. އަދި 401 މީޓަރު ސަރަހައްދެއްގެ ބޭރު ތޮށިލުމާއި 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

ޑިސެމްބަރު 10، 2019 ގައި ހަވާލު ކުރި މި މަޝްރޫއުގައި 1,280 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެ އެވެ. މި މަޝްރޫއަށް 35.60 މިލިއަން ރުފިޔާ ހަރަދުވެ އެވެ.