ހަބަރު

"މާލޭ މީހުނަށް މިއީ ކާކުކަން އެނގޭނެ"

Aug 13, 2020
20

މުހައްމަދު ނަޝީދަކީ ކާކު، ކީއްކުރާ މީހެއްކަން މާލޭ ރައްޔިތުނަން އެނގޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ އެވެ.

މާލެ އާއި މާލޭގެ ރައްޔިތުން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވީ ސްރީލަންކާގައި ދިރިއުޅޭ އަދި ވަޒީފާތަކުގައި ގާއިމުވެ ތިބޭ އެމްޑީޕީގެ އިސްބައެއް ބޭފުޅުންނާއި އެކްޓިވިސްޓުންނާއި މެންބަރު ހިމެނޭ ގޮތަށް "ރަަށްވެހި ފަތިސް ލަންކާ" އެ ނަމުގައި ހަދާފައި އޮންނަ ސިޔާސީ އެކި ވާހަކަތައް ދެކެވޭ ވަޓްސްއެޕް ގްރޫޕެއްގައި ބޭފުޅަކު ޖެއްސެވި މެސެޖަކަށް ދެއްވި ރައްދެއްގެ ގޮތުގަ އެވެ.

އެ ރައްދު ރައީސް ނަޝީދު ދެއްވާފައި ވަނީ އެމްޑީ އުފެދިގެން އާއިރު ޕާޓީގެ ތެރޭގައި އިސްކޮށް އުޅުއްވެވި އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގ ވަޒީފާއެއް ވެސް އަދާ ކުރެއްވެވި މަޝްހޫރު ފުރަހަނި ޝުއިބް ކުރެއްވި މެސެޖެކަށެވެ. އެނާ އެ ގްުރޫޕަށް ލައްވާފައި ވަނީ އެކޮޅުކޮޅު ޖަހާފައިވާ ވިޑިއޯ ކޮޅެކެވެ. އެއާއެކު ރައީސް މުހައްމަދު ނަޝީދު ހިމެނި ވަޑައިގަންނަވާ ގޮތަށް ބައެއް ބޭފުޅުން ޓެގް ކުރައްވާ ވިދާޅުވެފައި ވަނީ "ކުޑަވެސް ލަދެއް ހަޔާތެއް ހުރިނަމަ މާލޭގެ ރައްޔިތުންގެ ކުރިމައްޗަކަށް ނުނިކުންނާނެ" ކަމަށެވެ. އަދި "ނޯ ގޯތި، ނޯ ވޯޓް" އެހެން ވެސް ޖައްސަވާފައި ވެއެވެ.

އެ ވިޑިއޯކޮޅުގައި ފެންނަނީ ޕޯޑިއަމެއްގައި ރައީސް ނަޝީދު އެ މަނިކުފާނުގެ އާންމު ޖޯޝުގައި ވާހަކަފުޅު ދައްކަވަނިކޮށެވެ. އެ ވީޑިއޯކޮޅުގައި ވެސް އެ މަނިކުފާނު ވިދާޅުވަނީ "ކުޑަވެސް ލަދެއް ހަޔާތެއް ހުރިނަމަ މާލޭގެ ރައްޔިތުންގެ ކުރިމައްޗަކަށް ނުނިކުންނާނެ" ކަމަށެވެ.

އޭގެ ފަހުން ރައީސް ނަޝީދު އެއަށް ރައްދު ދެއްވައި މެސެޖެއް ކުރައްވާފައި ވަނީ އެ މަނިކުފާނުގެ އާންމު މިޒާޖުގަ އެވެ. އަދި މިހެން ވިދާޅުވެ އެވެ:

"ޝުއައިބު، އަޅުގަނޑު އަބަދުވެސް ނުކުންނާނެ! އަދި މާލޭ މީހުންނަށް މިއީ ކޮން ކަމެއް ކުރާ ކާކުކަން އެނގޭނެ. މާލޭ މީހުންނަށް ކޮށްދިން ކަމެއް ދެންވެސް ކޮށްދޭނީ އަޅުގަނޑު ކުރީގައި ހުރެގެން... އަޅުގަނޑު ވެސް މާލޭ މީހުން ދަންނަން،"

މާލޭ މީހުން ދެނެ ވަޑައި ވާހަކަ އަކީ މާލެ އާއި މާލޭގެ ބޯހިޔާހަވި ކަމާ ގުޅޭ ތަގުރީރުތަކުގައި ރައީސް ނަޝީދު ވަރަށް ގިނައިން ވިދާޅުވާ ވަހަކަފުޅެކެވެ. ލަފާ ކުރެއްވޭ ގޮތުން ޝުއައިބު ޕޯސްޓް ކުރެއްވި އެ ވިޑިއޯކޮޅަކީ މިދިއަ މަޖިލިސް އިންތިހާބު ނޫނީ ފަހުން ބާއްވަން އުޅެ ނުބޭއްވިފައިވާ ކައުންސިލް އިންތިހާބުގެ ކެމްޕޭން ތެރޭގައި އެމަނިކުފާނުގެ ކެމްޕޭން ސްޕީޗެއްގައި އިދިކޮޅަށް ނިސްބަތް ކުރައްވާ ވިދާޅުވެފައިވާ އެތައް ވާހަކައަކުން ބުރިކޮށްފައިވާ ކުޑަ ތަންކޮޅެކެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުމުގައި ހުރި ދަތިތައް ފާހަގަ ކުރައްވާ އެކި ފަރާތްތަކުން ކުރާ ކެމްޕޭންތަކަށް ތާއީދު ކުރައްވާ ޝުއައިބު ވެސް ވާހަކަ ދައްކަވާ ހައްދަވަ އެވެ.