ވިޔަފާރި

އުރީދޫން ސެމްސަންގް ފަތްޖެހޭ ފޯނު ތައާރަފުކޮށްފި

Aug 13, 2020

އުރީދޫ މޯލްޑިވްސް އިން ސެމްސަންގް ކުންފުނި ނެރުނު، ފަތް ޖެހޭ ފޯނު ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި އެ ކުންފުނީގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.


ގެލެކްސީ ޒެޑް ފްލިކްސްގެ ނަން ދީފައިވާ މި ފޯނުގެ 256 ޖީބީގެ "މިރާ ޕާޕަލް" ކުލައިގެ ފޯނު ވިއްކާ އަގަކީ 22،699ރ. އެވެ. މޫލީ މެދުވެރިކޮށް ފޯނު ގަތުމުން އުރީދޫ ޕްރީޕެއިޑް މިކްސް އަދި ޕޯސްޕެއިޑް ކަސްޓަމަރުންނަށް މަހަކު 2020 އެމްބީ ހިލޭ ޑޭޓާ ލިބެ އެވެ.

ސެމްސަންގެ މި ފޯނަކީ މިހާރު ބާޒާރުގައި ލިބެން ހުރި އެންމެ ތަފާތު އެއް ފޯނެވެ. މި ފޯނަކީ ފުލް ސްކްރީން ފޯނެއް ނަމަވެސް މި ފޯނު އެހެން ފޯނުތަކާ ހިލާފަށް ފަތް ޖެހާލެވެ އެވެ. އަދި މި ފޯނަކީ ބެޓެރި ލައިފް ދިގު އަދި ފޮޓޯ ނަގަން ހާއްސަ ފީޗާ ތަކެއް ހިމެނޭ ފޯނެކެވެ.