އުރީދޫ

އުރީދޫ ސެމްސަންގް ފަހު ފޯނު ގެންގުޅޭ ކަސްޓަމަރުންނަށް 5 ޖީ ނެޓްވޯކް

Feb 18, 2021
1

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންގެ ތެރެއިން ސެމްސަންގް ފަހުގެ ފޯނު ގެންގުޅޭ ކަސްޓަމަރުންނަށް 5ޖީގެ ހިދުމަތް ލިބޭނެ އެވެ.

އުރީދޫން ވަނީ އެ ކުންފުނީގެ ކަސްޓަމަރުނަށް އިންސްޓޯލްމަންޓް ކޮށްދައްކާ ހަލާސް ކުރާ ގޮތަށް ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާ ފޯނު ލިބޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ. މި ފޯނު އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހުނީ ޕްރީއޯޑަރަށް ހުޅުވާލުމުން ފޯނަށް އޯޑަރު ދިން ފަރާތް ތަކަށެވެ.

އެ ކުންފުނިން ބުނީ ސެމްސަންގް ފަހުގެ ފޯނަކީ 5ޖީ ސަޕޯޓް ކުރާ ޑިވައިސްއެއް ކަމަށްވުމުން އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް މިހާރު 5ޖީ ލިބޭނެ ކަމަށެވެ.

އުރީދޫން ވަނީ 5ޖީ ނެޓްވޯކް އާއެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ހިދުމަތް މާލެއަށް ދޫކޮށްފަ އެވެ. މާލޭގައި 5 ޖީ ލިބޭ ސަރަހައްދުތަކުގެ ތެރޭގައި ވިޔަފާރިތައް ހިންގާ ސަރަހައްދުތަކާއި ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމެނެ އެވެ.

އެ ކުންފުނިން ބުނީ ހަލުއި އިންޓަނެޓު ލިބޭ 5ޖީ ޓެކްނޮލޮޖީ އާއެކު ލިބޭ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓް ކުރުމުގައި ދިމާވާ ލަސްތައް ވެސް އެތައް ގުނައަކަށް ކުޑަ ވެގެންދާނެ އެވެ. ގެންގުޅޭ ފޯނަށް 5ޖީގެ ހަލުވި ސްޕީޑްގެ އިންޓަނެޓް ލިބުމާއެކު މެދުކެނޑުމެއްނެތި އިންޓަނެޓްގެ ހިދުމަތް ތަޖުރިބާ ކުރެވޭނެ އެވެ.