ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

ގައިޑްލައިންއާ ހިލާފުވި މީހެއް ހައްޔަރުކޮށްފި

Aug 14, 2020

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފުވި މީހަކު އައްޑޫ ސިޓީން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 35 އަހަރުގެ މީހަކު އައްޑޫ ސިޓީން ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފު ވެގެން ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ އެޗްޕީއޭގެ ހުއްދަ ނުހޯދާ އައްޑޫ ސިޓީއަށް ދިއުމާއި ގުޅިގެންނެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ހަރުކަށި އުސޫލުތަކެއް ހަދާފައެވެ. ވެރިރަށް މާލެއިން އެހެން ރަށްރަށައް ދަތުރުކުރެވޭނީ އެޗްޕީއޭއިން ލިބޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އަދި އެޗްޕީއޭގެ މޮނިޓަރިންގައިވާ ރަށްރަށައްވެސް އަރާ ފޭބުން މަނާ ކުރެއެވެ.