ކ. މަކުނުފުށީގައި ތަރައްގީ ކޮށްފައިވާ ކޮމޯ ކޮކޯ އައިލެންޑް ބޮޑު މަރާމާތަކަށް ފަހު އަންނަ މަހު ހުޅުވާނެ އެވެ.
ކޮމޯ ކޮކޯ އައިލެންޑުގެ ނަމުގައި ހިންގަމުން ގެންދާ ރިސޯޓް މަރާމާތަށް ފަހު އަލުން ހުޅުވާއިރު މޫދުގައި 34 ކޮޓަރި ހުންނާނެ އެވެ. މީގެ ތެރޭގައި ޒަމާނީ ބަދަލުތައް ގެނެސްފައިވާ ވިލާތައް ވެސް ހިމެނެ އެވެ. އަދި މި ރިސޯޓުގެ މޫދު ކޮޓަރިތައް ފަރުމާ ކޮށްފައި ވަނީ އިހު ޒަމާނުގައި ދިވެހި މަސްވެރިކަމުގައި ބޭނުން ކުރި ޒާތުގެ މަސް ދޯނި ތަކެއްގެ ގޮތުގަ އެވެ.
ކޮމޯ ކޮކޯ އައިލެންޑް އަލުން ހުޅުވާއިރު ކޮވިޑް-19 އާ ގުޅިގެން ރާއްކާތެރިކަމަށް ގިނަ ފިޔަވަޅު ތަކެއް ވަނީ އަޅާފަ އެވެ. ރަށުގެ ހިދުމަތްތައް ވެސް ބައްޓަން ކޮށްފައިވަނީ އިޖުތިމާއި ގައިދުރުކަން ބެހެއްޓޭ ގޮތަކަށެވެ.
ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ހުއްޓުއިރު، ރާއްޖޭގައި 150 ރިސޯޓެއް ހިންގި އެވެ. ނަމަވެސް މިހާރު ހުޅުވައި ހިންގަމުން ގެންދަނީ 50 ރިސޯޓެކެވެ. އަދި އޮޕަރޭޓް ކުރަމުން ގެން ދަނީ 35 ސަފާރީ އެކެވެ. މީގެ ސަބަބުން ޓޫރިޒަމް ސިނާއަތުން ލިބޭ އާމްދަނީ ވަނީ ބޮޑުތަނުން ދަށްވެފަ އެވެ.