ހަބަރު

ކިއުބާގައި ތިބި ދިވެހި ދަރިވަރުންނަށް ތަކެތި ފޮނުވައިދީފި

Aug 15, 2020

ކިއުބާގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންތަކަށް އާއިލާގެ ފަރާތުން ފޮރިން މިނިސްޓްރީ މެދުވެރި ވެގެން ތަކެތި ފޮނުވައިދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 އިގެ ސަބަބުން އާއްމު ދިރިއުޅުމަށާއި ޒަރޫރީ ތަކެތި ހޯދުމަށް ދަތިތައް ދިމާވެފައިވާ ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކިއުބާގައި ތިބި ނުވަ ދިވެހި ދަރިވަރުންނަށް ބޭނުންވާ ކެއާ ޕެކޭޖްތައް ފޮނުވަނީ ސްރީލަންކާ ސަރުކާރުގެ އެހީތެރިކަމާއެކު ކަމަށެވެ.

މިކަމަށް މަގިފަހިކުރުމަށް ފޮރިން މިނިސްޓްރީ އާއި ލަންކާގައި ދިވެހި ހައިކޮމިޝަން ގުޅިގެން ލަންކާގެ ފޮރިން މިނިސްޓްރީއާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާއިރު، އެއިން ކޮންމެ ދަރިވަރަކަށް 20 ކިލޯގެ ތަކެތި އާއިލާތަކުން ފޮނުވާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

މި ތަކެތި ފޮނުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ އަދި އެމްއޭސީއެލް، ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އެހީތެރިކަން ލިބިފައިވާކަމަށް އެހީތެރިކަން ލިބިފައިވާކަމަށް މިނިސްޓްރީން އިތުރަށް ބުނެފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، މީގެ ކުރިން ލަންކާ، އިންޑިއާ، ތައިލެންޑް އަދި މެލޭޝިއާގައި ތިބި ދިވެހިންނަށް ޕެކޭޖްތައް ވަނީ ފޮނުވިފަ އެވެ.