މިނިސްޓްރީ އޮފް އެޑިއުކޭޝަން

އުނގެނުމުގެ ދަތިތައް ހައްލު ކުރަން ބައްދަލުވުންތަކެއް

Aug 15, 2020

ކޮވިޑް-19 އާ ގުޅިގެން ދަރިވަރުންގެ އުނގެނުމުގައި ދިމާވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޔުނިސެފާ ގުޅިގެން ކުރިއަށް ގެންދާ މި ބައްދަލްވުންތައް ފެށުމުގެ ގޮތުން މިއަދު ސީއެޗްއެސްސީގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.

އޮންލައިންކޮށް، ތިން ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުންތަކުގައި ކޮވިޑްއާ ގުޅިގެން ދަރިވަރުންގެ ކިޔެވުމަށް އައިސްފައިވާ ބަދަލުތަކާއި އެ ކަމާއި ގުޅިގެން ސުކޫލުން އަމަލު ކުރަމުންދާ ގޮތާމެދު ދަރިވަރުންނާއި ބެލެނިވެރިން ދެކޭ ގޮތް ވަނީ ހޯދާފަ އެވެ. އަދި ދަރިވަރުން ތައުލީމު މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ވެއެެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުންތަކުގައި ބެލެނިވެރިންގެ ކަންބޮޑުވުންތައް އަޑުއަގައި އެކަންކަމަށް ހައްލު ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.