ޗެމްޕިއަންސް ލީގް

ބަޔާންގެ މެޗަށް ގާސިއާއަށް އިތުބާރު ބޮޑުވެއްޖެ

މެންޗެސްޓާ ސިޓީ އާ ދެކޮޅަށް އޮލިމްޕިކް ލިޔޯންގެ ޓީމު ގެންގުޅުނު ވިސްނުން ތަކުރާރު ކުރެވިއްޖެނަމަ، ސެމީ ފައިނަލުގައި ބަޔާން މިޔުނިކާ ދެކޮޅަށްވެސް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ލިޔޯންގެ ކޯޗް ރޫޑީ ގާސިއާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި، ރޭމެންޗެސްޓާ ސިޓީ ބަލި ކުރުމަށް ފަހު ގާސިއާ ބުނީ، ސިޓީއާ ދެކޮޅަށް މޮޅުވީ ޓެކްޓިކަލް ހަނގުރާމައެއް ކަމަށެވެ.

އޭނާ ބުނީ، ޕެޕް ގާޑިއޯލާ އާ ދެކޮޅަށް ނުކުންނައިރު ކޮންމެ ހާލަތެއް މެދުވެރިވާނެ ކަމަށްވެސް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ.

"އަހަރެމެންނަށް އެނގޭ އަހަރެމެން ޓީމުގެ ގޭމް ރޫޅާލަން ކޮންމެ ކަމެއްވެސް ކުރަން ގާޑިއޯލާއަށް އެނގޭނެކަން،" ފްރާންސްގް އާރްއެމްސީ ސްޕޯޓްސްއަށް ދިން އިންޓަވިއުގައި ގާސިއާ ބުންޏެވެ. "އެކަމަކު އަހަރެމެންނަށް ބުނެވިދާނެ އަހަރެމެން މޮޅުވީ ޓެކްޓިކަލް ހަނގުރާމައަކުންނޭ."

"އަހަރެމެން ޓާގެޓް ކުރީ ދެ ވަނަ ބުރާ ހަމަށް ވާސިލުވާން، އެހެންނަމަވެސް އަހަރެމެންނަށް މިހާސިލު ކުރެވުނު ކަންކަމަށް ބަލާއިރު އެ ވިސްނުގައި ކުޅެފިނަމަ އަހަރެމެންނަށް ބަޔާން މިޔުނިކާ ދެކޮޅަށްވެސް ރަނގަޅު ނަތީޖާއެއް ނެރެވިދާނެ."

ލިޔޯން މެޗުން މޮޅުވީ މެޗުގެ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުލެން ނުކުތް މޫސާ ޑެމެބެލޭ ފަހު 10 މިނެޓްގައި ކާމިޔާބު ކުރި ދެ ލަނޑުންނެވެ. ގާސީއާ ބުނީ، ރޭގެ މެޗަާ ހަމައަށް އައިރު ގާސިއާ ޗެމްޕިއަންސް ލީގްގައި ގޯލެއް ޖެހިފައި ނުވުމުން، އޭނާ ހޫރީ މާޔުސްވެފައި ކަމަށެވެ.

"ނަމަވެސް އަހަންނަށް އެނގޭ އޭނާއަކީ މުހިންމު ކުޅުންތެރިޔަކަށް ވާނެ ކަން، އެކަން އޭނާ ސާބިތުކޮށް ދިނީ."