ވިޔަފާރި

އުރީދޫ އިސްތިހާރުގައި މެސީއާއެކު ޒުވާން މަސްވެރިޔާ

Aug 17, 2020

އުރީދޫ ގްރޫޕްގެ ބްރޭންޑް އެމްބެސަޑަރު ބާސާގެ ފުޓުބޯޅަ ތަރި ލިއޮނެލް މެސީ އާއި އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސަޑަރު ޒުވާން މަސްވެރިޔާ ހިމަނައިގެން ކުންފުނީގެ ބައިނަލްއަގުވާމީ ކެމްޕޭނެއް ލޯންޗްކޮށްފި އެވެ.

އުރީދޫން މި ކެމްޕޭން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާއިރުމ މި އިޝްތިހާރު ޝޫޓް ކޮށްފައިވާ ޒުވާން މަސްވެރިޔާގެ ނަމުން ސޯޝަލް މީޑިއާގައި ދިވެހި މަސްވެރިކަން ޕްރޮމޯޓް ކުރާ ހަސަން ސާޖިން ދެކުނު އެފްރިކާ އަށް ގޮހެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ އެ ކުންފުނިން ރާއްޖޭމެ މޮބައިލް ނެޓްވާކް ވަރުގަދަކޮށް އެންމެ ފުރިހަމަ އިންޓަނެޓްގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކާ ބޮޑެތި އިންވެސްޓްމެންޓްތަކެއް ކެނޑިނޭޅި ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމުން މުޅި ރާއްޖޭގައި ގާއިމް ކޮށްފައިވާ ބައިނަލް އަގުވާމީ ފެންވަރުގެ ނެޓްވާކް، މެސީ އަދި ސާޖިން އާއި ގުޅިގެން ދައްކުވައިދީ ތަމްސީލުކޮށްދޭ މި ކެމްޕޭނާއެކު ކުރިއަށް އޮތްތަނުގައިވެސް ޓެލެކޮމިއުނިކޭޝަންގެ އިޖާދީ އައު އުފެއްދުންތަކާއި ދިވެހިން ގުޅުވާލަދީ، ނެޓްވާކް އިތުރަށް ވަރުގަދަކޮށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން. އަދި ހަމަ މި ފުރުސަތުގައި މެސީއަށް އަދި ސާޖިން އަށް ވެސް،" ނަޖީބު ވިދާޅުވި އެވެ.

އުރީދޫން ދަނީ ދުނިޔޭގައި ފާހަގަކޮށްލެވޭ ތަފާތު ޓެކްނޮލޮޖީ އާއި ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފްކޮށް، މުޖުތަމައުގެ ތަރައްގީއަށް އާ ފުރުސަތުތަކެއް ފަހި ކޮށްދެމުންނެވެ. މިމަހުގެ ކުންފުނިން ރާއްޖޭގައި ހިދުމަތް ދޭތާ 15 ވަނަ އަހަރު ފުރިފައިވާއިރު، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެ އަށް މެދުނުކެނޑި އިންވެސްޓްކޮށް ކުރިއެރުން ގެނެސް ދީފައިވެ އެވެ.