ވިޔަފާރި

އެލައިޑުން މިދިޔަ އަހަރު ބަދަލު ދިން އަދަދު 145 މިލިއަން ރުފިޔާގައި

Aug 17, 2020

އެލައިޑު އިންޝުއަރެންސުން މިދިޔަ އަހަރު ކްލައިންޓުން ނަށް ބަދަލުގެ ގޮތުގައި 145 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

އެސްޓީއޯގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، އެލައިޑް އިންޝުއަރެންސުން މިދިޔަ އަހަރު 125,000 އިންޝުއަރެންސް ޕޮލިސީ ވަނީ ދޫކޮށްފަ އެވެ. އަދި ހެލްތް ބެނިފިޝަރީގެ ގޮތުގައި 142,000 އިންޝުއަރެންސް އިޝޫކޮށްފައިވެ އެވެ.

އެލައިޑް އިންޝުއަރެންސަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 210 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު އިންޝުއަރެންސުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 245 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނީގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އިންޝުއަރެންސުގެ ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން ޗެލެންޖުތައް ކުރިމަތިވި އެވެ. މިދިޔަ އަހަރު އެ ކުންފުނިން ވަނީ މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނާ ގުޅިގެން ސަފާރީ ތަކަށް ހާއްސަކޮށް އިންޝުއަރެންސް ޕެކޭޖެއް ވަނީ ދީފަ އެވެ. މީގެ އިތުރުން އެ ކުންފުނިން މިދިޔަ އަހަރު ހިދުމަތް ރަނގަޅު ކުރަން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ.