ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލް އިންތިހާބު: އެމްޑީޕީއާއި ޕީޕީއެމްގެ ކެންޑިޑޭޓަކު ނަން ނަގައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި އިތުރު ދެ ކެންޑިޑޭޓަކު ނަން ނަގައިފި އެވެ. މިފަހަރު ނަން ނަގާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ކެންޑިޑޭޓެކެވެ.

މިއަދު ނަން ގެންދިޔަ ދެ ކެންޑިޑޭޓުންނަކީ ށ. ޅައިމަގު ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަން ހުށައެޅި އަބްދުﷲ ޝަނޫނުގެ އިތުރުން މ. މުލީ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ހުށައެޅި ރަހުމާ ހުސައިންފުޅެވެ.

މި ދެ ކެންޑިޑޭޓުންނާއިއެކު މިހާތަނަށް 23 ކެންޑިޑޭޓަކު ވަނީ ނަން ނަގާފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކެންޑިޑޭޓުން ގިނައެވެ.

އަދި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ވަނީ މަރުވެސް ވެފައެވެ. އެއީވެސް އެމްޑީޕީގެ ޓިކެޓް ލިބުނު ކެންޑިޑޭޓެވެ. މެއި މަހުގެ ކުރީކޮޅު މަރުވެފައިވަނީ ހދ. ހަނިމާދޫ ކައުންސިލް ގޮނޑިއަށް ވާދަ ކުރަން އެމްޑީޕީގެ ޓިކެޓް ލިބުނު ހުސްނުބާން އަބްދުއްރަހުމާނެވެ.