ހަބަރު

ޝަކީރާ އާއި ޕީކޭ ޗުއްޓީ ހޭދަ ކުރަން ރާއްޖެ އަށް

Aug 19, 2020
1

ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އާއި ލޯބިވެރިޔާ އަދި ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ، ޗުއްޓީ ހޭދަ ކުރަން ރާއްޖެ އަތުވެއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ލަވަކިޔުންތެރިޔާ ޝަކީރާ އާއި ޕީކޭ ޗުއްޓީ ހޭދަ ކުރަން ރޭ 10:00 ޖެހިއިރު ރާއްޖެ އައިސްފައި ވަނީ ޕްރައިވެޓް ޖެޓެއްގަ އެވެ. އަދި އެ މީހުން ޗުއްޓީ ހޭދަ ކުރަމުން ގެންދަނީ ވާލްޑޮފް އެސްޓޯރިއާ އިތާފުށީގަ އެވެ. އެނގިފައިވާ ގޮތުގައި ޝަކީރާ އާއި ޕީކޭ އައީ ދެ ކުދިން ވެސް ގޮވައިގެންނެވެ. އަދި މި ދެ ތަރިން ރާއްޖޭގައި 10 ދުވަހު ޗުއްޓީއެއް ހޭދަކުރާނެ އެވެ.

ވާލްޑޮފް އެސްޓޯރިއާ އިތާފުށި ރިސޯޓަކީ މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން މާލެ އަތޮޅުގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ.

ސޯޝަލް މީޑިއާގައި 100 މިލިއަނެއްހާ މީހުން ފޮލޯ ކުރާ ދުނިޔޭގައި އެންމެ މަޝްހޫރު އެއް ލަވަކިއުންތެރިޔާ ކަމަށްވާ ޝަކީރާ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވަނީ، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕްގެ ތީމް ލަވަ އިން އެވެ.

ރާއްޖޭގެ ޓޫރިޒަމް ހީނަރުވެފައިވާ މިފަދަ ވަގުތެއްގައި ދުނިޔޭގެ މަޝްހޫރު ތަރިއެއް ރާއްޖެ އައުން ވެގެން ދާނީ ރާއްޖެ އަށް ދުނިޔޭގެ ސަމާލުކަން ހުއްޓޭނެ ކަމަކަށެވެ. ރާއްޖެ ޕްރޮމޯޓް ކުރަން އެޅޭނެ މުހިންމު ފިޔަވަޅަކަށެވެ. ޝަކީރާ އާއި ޕީކޭ މީގެ ކުރިންވެސް ރާއްޖެ އައިސްފައިވެ އެވެ،

ވާލްޑޮފް އެސްޓޯރިއާ އިތާފުށި ރިސޯޓް ހުޅުވާފައިވަނީ 2018 ވަނަ އަހަރު އެވެ. އެ ރިސޯޓަށް މިހާތަނަށް ދުނިޔޭގެ މަޝްހޫރު އެތަށް ބަޔަކު ވަނީ ޗުއްޓީ ހޭދަ ކުރަން އައިސްފަ އެވެ. އަދި ދާދި ފަހުން އެ ރިސޯޓް ވަނީ ލަގްޒަރީ ޓްރެވަލް މެގަޒިލް ޓްރެވަލް ލެޒާ އިން ހޮވި ދުނިޔޭގެ އެންމެ ފުރިހަމަ 100 ހޮޓަލުގެ، ފަސް ވަނަ ވެސް ލިބިފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މި މެގަޒިންގެ ކިޔުންތެެރިންގެ ހިޔާލުގެ މައްޗަށް ބަލައި އެކުލަވާލި މި ލިސްޓުގެ އެއްވަނަ ލިބިފައިވަނީ ކެޕިއްލާ އުބު ބާލީ ރިސޯޓްއަށެވެ. އެ ހޮޓަލަށް ކިޔުންތެރިން ދީފައިވަނީ 99.85 ސްކޯ ލިބިފައިވެ އެވެ.