އާރްބީ ލައިޕްޒިގްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޔޫއެފާ ޗެމްޕިއަންސް ލީގްގެ ފައިނަލަށް ފުރަތަމަ ފަހަރަށް ޕީއެސްޖީ ދަތުރު ކޮށްފި އެވެ.
ގަތަރު ފައުންޑޭޝަނުން ޕީއެސްޖީ 2011 ވަނަ އަހަރު ގަތުމަށް ފަހު، އެ ޓީމުން އެންމެ ބޮޑު ޓާގެޓަކަށް ހެދީ ޔޫރަޕްގެ އެންމެ އެލީޓް ކުލަބުގެ ސަފަށް ޕީއެސްޖީ ގެންދިއުމެވެ. ގަތަރުގެ ޝާހީ އާއިލާ އާ ގާތް ގުޅުމެއް އޮންނަ ނާސެރު އަލް ޚަލަފީގެ ޗެއާމަންޝިޕްގެ ދަށުން ގާތްގަނޑަކަށް 10 އަހަރު ވީއިރު ވެސް ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލަށް ވުރެ ދުރަށް ޕީއެސްޖީ ދެވިފައެއް ނުވެ އެވެ. ބޮޑު ހޭދައެއް ޕީއެސްޖީން ކުރި އެވެ.
މިއީ ޕީއެއްސްޖީ މެޗުން މޮޅުކޮށްދިނުމުގައި އެނެމެ މުހިންމު ދައުރެއް އަދާކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އޭންހަލް ޑީ މާރީއާ އެވެ. ޕީއެސްޖީން ޖެހި ތިން ލަނޑުގައި ވެސް އޭނާގެ ހިއްސާ އޮތެވެ. ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އޭނާ އެވެ.
ޕީއެސްޖީ މެޗަށް ތައްޔާރު ވަމުން ދިޔައިރު އެ ޓީމުގެ އެއް ވަނަ ކީޕަރު ކޭލޯ ނާވަސް އަށް އަނިޔާ ވުމުން ޕީއެސްޖީން މެޗަށް ނުކުތީ އޭނާގެ ބަދަލުގައި ދެ ވަނަ ކީޕަރު ސާޖިއޯ ރިކޯ ހިމަނައިގެންނެވެ.
މެޗުގެ ހަ ވަނަ މިނެޓްގައި ނޭމާއަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ކިލިޔަން އެމްބާޕޭ ދިން ބޯޅައިން ހުސްކޮށް އަރައި ނޭމާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑި އަށެވެ.
ޕީއެސްޖީގެ ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓްގައި މާކްއިނޯސް ކާމިޔާބު ކުރީ ޑީ މާރިއާއަށް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ލަނޑު ޑީ މާރިއާ ކާމިޔާބު ކުރި އެވެ. ޕީއެސްޖީގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ހުއާން ބާނެޓް ލަނޑުޖަހަން ފުރުސަތު ވެސް ތަނަވަސް ކޮށްދިނީ ޑީ މާރިއާ އެވެ.
ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ ނުކުންނާނީ ބަޔާން މިޔުނިކާއި އޮލިމްޕިކް ލިޔޯން އެވެ.