ހިޒްބުﷲ

ހިޒުބުﷲ އިންސާފާ ކުރިމަތިލާން ގޮވާލައިފި

ލުބުނާންގެ ހިޒުބުﷲ ޖަމާއަތުން ހިންގައިފައިވާ ޖަރީމާތަކަށް އިންސާފާއި ކުރިމަތިލާން ސައުދީ އަރަބިއާއިން ގޮވާލައިފި އެވެ، ސައުދީން މިގޮތަށް ގޮވައިލީ ހިޒްބްﷲ ގެ މެމްބަރެއްގެ މައްޗައް ލުބުނާންގެ ކުރީގެ ބޮޑުވަޒީރު ރަފީގު އަލް ހަރީރީ 2005 ގައި އަަވަހާރަ ކޮށްލުމުގެ ކުށް ސާބިތުވުމާއި ގުޅިގެނެވެ.

ސައުދީ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޢިރާންގެ މަދަދު ލިބޭ އެ ގްރޫޕުން ހިންގާފައިވާ ޖަރީމާތަކަށް އަދަބު ލިބެން ޖެހޭނެ އެވެ. މީގެ އިތުރަށް އެ މިނިސްޓްރީން ބުނެފައި ވަނީ ލުބުނާން އާއި އެ ސަރައްދު އަދި ދުނިޔެ ހިޒުބުﷲ ގެ ނުރައްކަލުން ސަލާމަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ހިޒުބުﷲ ގެ މެމްބަރުވ ސާލިމް ޖަމީލް އައްޔާޝް މައްޗަށް ވަނީ ރަފީގު އަލް ހަރީރީ އަވަހާރަ ކޮށްލުމާ ގުޅުވައި ފަސް ކުށެއް ވަނީ ސާބިތުވެފަ އެވެ. މީގެ އިތުރުން ތިން މީހެއްގެ މައްޗައް ވަނީ ހަރީރީގެ މޮޓޯކޭޑަށް ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ވެފަ އެވެ. އެ ހަމަލައިގައި 21 މީހުން މަރުވި އެވެ.

ހަރީރީ އަވަހާރަ ކޮށްލުމާއި ގުޅިގެން ވާދަވެރި ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ އެ މީހުންގެ ބާރު އިތުރަށް ވަރުގަދަ ކުރުމުގެ މަސައަކަތް ފަށާފަ އެވެ. އޭގެ ސަބަބުން ލުބުނާނަށް ވަނީ އިތުރު މައްސަލަތަކެއް ވެސް ކުރިމަތިވެފަ އެވެ. ހަރީރީގެ ދަރިކަލުން އަދި ކުރީގެ ބޮޑުވަަޒީރު ސާދު ހަރީރީ ވިދާޅުވީ އެމަނިކުފާނުގެ ބައްޕަ އަވަހަރަ ކޮށްލިކަން ކޯޓުގެ ހުކުމުން ހިޒުބުﷲ ގެ މައްޗައް ސާބިތުވާ ކަމަަށެވެ.