މޯލްޑިވްސް ޕޮލިސް ސާވިސް

ހުއްދަ ނެތި ވިލުފުށްޓަށް ދިޔަ މީހަކު ހައްޔަރުކޮށްފި

Aug 20, 2020

ހުއްދަ ނުހޯދާ ތ. ވިލުފުށްޓަށް ދިޔަ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ނަގަންޖެހޭ ހުއްދަތައް ނުނަގައި އެޗްޕީއޭގެ އެންގުމާއި ހިލާފަށް މާލެއިން ވިލުފުށްޓަށް ދިޔަ މީހަކު ކޯޓް އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައި ވަނީ 35 އަހަރު ދިވެއްސެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީ) ގެ ބޯޑު މެންބަރެކެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ހަރުކަށި އުސޫލުތަކެއް ހަދާފައެވެ. ވެރިރަށް މާލެއިން އެހެން ރަށްރަށައް ދަތުރު ކުރެވޭނީ އެޗްޕީއޭއިން ލިބޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އަދި އެޗްޕީއޭގެ މޮނިޓަރިންގައިވާ ރަށްރަށައްވެސް އަރާ ފޭބުން މަނާ ކުރެއެވެ.