ހަބަރު

ބްރިޖުގެ މާލޭ ކޮޅުގައި ޕޯސްޓެއް ގާއިމް ކުރަނީ

މާލެ ހުޅުމާލެ ގުޅުވައިދޭ، ސިނަމާލެ ބްރިޖްގެ މާލެއާވީ ކޮޅުގެ ވާތް ފަރާތުގައި ބްރިޖާ ވަކީން ފުލުހުންގެ ޕޯސްޓެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޗެކް ޕޯސްޓް ގާއިމް ކުރަން މާލެއާ ގުޅޭ ކޮޅުން ސަރަހައްދެއް ފާހަގަކޮށް މިހާރު ވަނީ ޓިނު ޖަހައިގެން ބައެއް ބަންދު ވެސް ކޮށްފަ އެވެ

މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވީ ބުރިޖުގެ މާލޭކޮޅުގެ ވާތް ފަރާތުން ބްރިޖަށް ނާރާ ގޮތަށް ފުލުހުންގެ ޕޯސްޓެއް ގާއިމްކުރާކަމުގެ މައުލޫމާތު ލިބި ވަޑައިގެންފައިވާ ކަމަށާއި އެ މަސައްކަތް މިހާރު ފަށައި ކުރިއަށް ދާ ކަމަށެވެ.

އެ ކަމަނާ ވިދާޅުވީ ޕޮލިސް ޗެކްޕޯސްޓެއް އެތަނުގައި ގާއިމްކޮށް އެތަނުގައި ސީސީޓީވީ ކެމެރާ ވެސް ހަރުކުރަން ނިންމާފައިވާ ކަމަށާއި ބައެއް ކެމެރާ މިހާރު ހަރުކޮށްފައިވާއިރު އިތުރު ކެމެރާތައް ހަރު ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.

މާލެއިން ހުޅުމާލެއަށް ދާން އުޅަނދުތައް ބްރިޖަށް އަރާ ފަޅީގައި މިހާރުވެސް ފުލުހުންގެ ކުޑަ ޕޯސްޓެއް ހުރެ އެވެ. އަދި އެތަނުގައި 24 ގަޑިއިރު ފުލުހަކު ފޯރިވެސް މަރަ އެވެ.