ޗެމްޕިއަންސް ލީގް

ޕީއެސްޖީއަކީ ދުނިޔޭގެ ފެންވަރުގެ ޓީމެއް: ފްލިކް

ޔޫއެފާ ޗެމްޕިއަންސް ލީގްގެ ފައިނަލުގައި މިރޭ، ބާޔާން މިޔުނިކާ ދެކޮޅަށް ނުކުންނަ ޕީއެސްޖީ އަކީ ދުނިޔޭގެ އެންމެ މޮޅު އެ ޓީމު ކަމަށް ބަޔާންގެ ކޯޗް ހެންސްޑީޓާ ފްލިކް ސިފަ ކޮށްފި އެވެ.

މިރޭ ގެ މެޗަކީ ޔޫރަޕްގައި ފްލިކްގެ ފުރަތަމަ ފައިނަލެވެ. އޭނާގެ އަމާޒަކީ ބަޔާންގެ ކުރީގެ ކޯޗް، ޔުޕް ހޭންކޭސް 2013 ވަނަ އަހަރު ހޯދި ތިން ތަށި ހޯދުމުގެ ރެކޯޑާ ހަމަކުރުމެވެ، މިދިޔަ އަހަރު ފަހު ކޮޅު ބަޔާންގެ ކޯޗް ކަމާ ހަވާލުވި ފްލިކްގެ ކޯޗް ކަމުން ބަޔާއިން ވަނީ ބުންޑެސް ލީގާގެ ޗެމްޕިއަން އަދި ޖަރުމަން ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. މިރޭ ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފިނަމަ، ޔުޕް ހޭންކެސް 2013 ވަނަ އަހަރު ހޯދި ކާމިޔާބާ އެއްވަރު ކުރެވޭނެ އެވެ.

ފްލިކް ބުނީ، ފައިނަލުގައި ޕީއެސްޖީ އާ ދެކޮޅަށް ނުކުތުމަކީ އޭނާގެ ޓީމަށް ވަރަށް ހާއްސަ ޗެލެންޖެއް ކަމަށެވެ.

"އަހަރެމެން މި ކުރިމަތި ލަނީ ޕެރިސް އާ އަދި ދުނިޔޭގެ އެންމެ މޮޅު އެއް ޓީމާ ދެކޮޅަށް ނުކުތުމަކީ އަހަރެމެންނަށް ލިބޭ އިތުރު ހިތްވަރެއް،" މިރޭ ކުޅޭ ފައިނަލު މެޗުގެ ކުރިން ވާހަކަ ދައްކަމުން ފްލިކް ބުންޏެވެ. "އެ ޓީމުގައި ހުރީ ވަރަށް މޮޅު ކޯޗެއް އަދި ވަރަށް ރަނގަޅު ފިލޯސަފީއެއްވެސް އެ ޓީމުގައި އެބައޮތް، ކޯޗެއްގެ ގޮތަގަޔާއި ހާއްސަ ޝަހުސިއްޔަތެއްގެ ގޮތުންވެސް އަހަރެން ބަލައިގަންނަ މީހެއް ތޯމަސް ޓޫހުލް އަކީ."

ސެމީ ފައިނަލުގައި އޮލިމްޕިކް ލިޔޯން އާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިޔޯން ތަނަވަސް ކުރި އެވެ. ފްލިކް ބުނީި ޕީއެސްޖީއާ ދެކޮޅަށް ނުކުތަސް ގޭމް ބަދަލު ނުކުރާނެ ކަމަށެވެ. އަހަރެމެންގެ ސްޓައިލްއަކީ ކަނޑައެޅިފައިވާ ސްޓައިލެއް މުޅި ޓީމު އެއްކޮށް ކުރިއަށް އަރައިގެން ކުޅުން، އެންމެ މުހިންމު ކަމަކީ އަހަރެމެން ބޯޅައަށް ދޭ ޕްރެޝަރު އިތުރު ކުރުން."

ކައިރިކައިރީގައި މެޗުތައް ކުޅޭން ޖެހުނު އިރު ބަޔާންގެ ސްކޮޑުގައި މޮޅަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ތިބުމުން އެކަމުގެ ހިތްހަމަޖެހުން ފްލިކް ފާޅު ކުރި އެވެ. ކިންގްސްލީ ކޯމަން އާއި ފިލިޕޭ ކުޓީނިއޯ ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުމެ ޓީމު މޮޅު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

ޕީއެސްޖީ އާއި ބަޔާންގެ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 12:00 ގަ އެވެ.