ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 119 މީހުނަށް ކޮވިޑް ޖެހިއްޖެ

Aug 23, 2020
1

މިދިއަ 24 ގަޑިއިރުގެ ތެރޭގައި 119 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް ކޮވިޑް ބަލީގެ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 100 ދިވެހިންނާއި 19 ބިދޭސީއެކެވެ. އެއީ ބަންގްލަދޭޝްގެ 11 މީހަކާއި އިންޑިއާގެ ތިން މީހަކާއި ފިލިޕީންސްގެ ދެ މީހަކާއި ޔޫއޭއީގެ ދެ މީހަކާއި ސްރީލަންކާގެ މީހެކެވެ.

މި ނަމްބަރުތައް އައުމުން ރާއްޖޭގައި ކޮވިޑް ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 6779 އަށް އުފުލިފަ އެވެ. މާލެ ފިޔަވައި ރާއްޖޭގެ 22 ރަށަކާއި، 12 ރިސޯޓެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުން އެބަތިއްބެވެ. މިވަގުތު ކޮވިޑް ޖެހި ފަރުވާފައި ތިބީ 2531 މީހުނެވެ، އެއީ 1968 ދިވެހިންނާއި 563 ބިދޭސީންނެވެ. ބަލި މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާ ދެނީ އަށް މީހަކަށެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސްވެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ސަރުކާރުގެ އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވެފައިވާ ގޮތުގައި މާލޭ ސަރަހައްދުގައި ހުރި ކޮވިޑް-19 އަށް ހާއްސަކޮށްފައިވާ އެނދުގެ 62 ޕަސެންޓު މިހާރު ވެސް ވަނީ ފުރިފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިއަދު 109 މީހަކު ރަނގަޅު ވެގެން ދޫކޮށްލި އެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 26 މީހުންނެވެ.