ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

162 މީހުންގެ ތެރެއިން 8 މީހަކު ވެންޓިލޭޓަރުގައި

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 162 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ބުނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 162 މީހަކަށް ފަރުވާ ދެމުންދާއިރު 11 މީހަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ. އަދި 8 މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.

މިއީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެންމެ ގިނަ ބަޔަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ފަހަރެވެ. އަދި އެންމެ ގިނަ ބަޔަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ފަހަރުވެސްމެއެވެ.

މި ދުވަސްވަރު ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވަމުންނެވެ. ރާއްޖޭގެ އަދަދު މިހާރު ވަނީ 6,779 އަށް އަރާފައެވެ. އަދި ރާއްޖެއިން މަރުވާ މީހުންގެ އަަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިހާތަނަށް 26 މީހަކު މި ބަލީގައި ރާއްޖެއިން މަރުވެފައިވެއެވެ.