އިދިކޮޅު ފަރާތްތައް

އިދިކޮޅުން މާފުށީ ބޭރުގައި މުޒާހަރާއެއް ބާއްވަނީ

Aug 24, 2020
2
އިދިކޮޅުން މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން: އަންގާރަ ދުވަހު ކަނޑުމަތީގައި މުޒާހަރާ ކުރާނެ -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
100%
0%
0%

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކ. މާފުށި ބޭރުން ކަނޑުމަތީ މުޒާހަރާއެއް ކުރުމަށް ނިންމައިފި އެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން އެ ކޯލިޝަންގެ އިސް ބޭފުޅަކު ވިދާޅުވީ ކަނޑުމަތީގައި ކުރާ މުޒާހަރާ އޮންނާނީ އަންނަ އަންގާރަ ދުވަހު ކަމަަށާއި އެ މުޒާހަރާގައި ޕީޕީއެމް އާއި ޕީއެންސީގެ އިސްވެރިން ބައިވެރިވާނެ އިރު މާލެ އަތޮޅުގެ ރަށްރަށުގެ ގިނަ ރައްޔިތުން ވެސް ބައިވެރިވާން ނިންމާފައިވާ ކަމަށެވެ.

މާފުށި ބޭރުން ކަނޑުމަތީގައި މުޒާހަރާއެއް ކުރަން އިދިކޮޅުން ހަމަޖެއްސީ މާފުށީ ޖަލުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދު ކޮށްފައި ހުންނެވުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އޭގެ އިތުރުން ރާއްޖޭގެ ހަރުމުދާ ވިއްކުމާއި ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަަށް ވެސް އަޑުއުފުލާނެ އެވެ.

އިދިކޮޅުން ކަނޑުމަތީ މުޒާހަރާއެއް ބޭއްވުމަށް ނިންމާފައިވާއިރު އަންނަ ހުކުރު ދުވަހު މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި މުޒާހަރާ ކުރުމަށް ވެސް އިދިކޮޅުން ނިންމާފައި ވެއެވެ.

އިދިކޮޅުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ހުކުރު ދުވަހުގެ ހަވީރު މާލެ ސިޓީ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށެވެ. އެ މުޒާހަރާ ކުރިއަށް ދާނީ ހުކުރު ދުވަހު ހަވީރު 4:00 އިން އިރު އޮއްސި 6:00 އަށެވެ. އެ މުޒާހަރާ ބާއްވަނީ "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" މި ނަމުގަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ގުދަން

އިދިކޮޅުން ކޮށްފަ ނުކުރާނެ ކަމެއް ނޭނގިގެން އުޅެނީ ޔާމީނު އޮތް ހުރަގެ ކައިރީ ބެރުތަޅަލައިގެންވެސް ލާރިކޮޅެއްލިބޭތޯ ބަލާ ޔާމީނަކީ ލާރި އޮތް މީހެއް އެކަމަކު ވަރަށް މުއްބާރު މީހެއް

ގުދޯގުދޯ....

ޤައުމު ބޮޑު ބަލިމަޑު ކަމެއްގެ ތެރޭގައި އޮތްއިރު، ގިނަ ރައްޔިތުންގެ އަތްމަތި ހުސްވެފައިވާ ދަނޑިވަޅެއްގައި، އިސްރާފުކުރާ ފައިސާއިން އޮޑިދޯނި ފަހަރަށް ތެޔޮ އަޅައިގެން ކަނޑުމަތީގައި ތިއުޅެނީ ކޮން ސަކަރާތެއް ޖަހާކަށް ހެއްޔެވެ! ކަލޭމެން ވެފައި ތިބި ނިކަމެތިކަމަށް ވިސްނާލާށެވެ! ތިޙާލުގައި ވެސް، އިޞްލާޙު ނުވެ ތިއުޅެނީ ފިޠުނައެއް އުފެއްދޭތޯ އެވެ!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345