ބްރެޒިލް

ހަ މަހަށް ފަހު ރޯނާލްޑީނިއޯ މިނިވަން ކޮށްފި

ގާތްގަނޑަކަށް ހަ މަސް ދުވަސް ވަންދެން ޕެރަގުއޭގައި ބަންދުގައި ހުރުމަށް ފަހު ބްރެޒިލްގެ ކުރީގެ ފޯވަޑް ރޯނާލްޑީނިއޯ މިނިވަން ކޮށްފި އެވެ.

ބްރެޒިލް އާއެކު ވޯލްޑް ކަޕް ހޯދި ރޯނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާރޯ ޑި އަސިސް، މާޗް މަހު ޕެރަގުއޭގައި ޖަލަށް ލެވުނީ، ފޭކު ޕާސްޕޯޓް މެދުވެރިކޮށް ޕެރަގުއޭއަށް އެތެރެވާން އުޅުމުންނެވެ. ރޮނާލްޑޯޑީނިއޯ އާއި އޭނާގެ ބޭބެއަށް ޕެރަގުއޭގެ ރަށްވެހިކަން ލިބިފައެއް ނުވެ އެވެ. ރޮނާލްޑީނިއޯ ޕެރަގުއޭއަށް ދިޔައީ ސްޕޮންސާޝިޕް އިވެންޓަކަށެވެ. އޭނާގެ ލޯޔަރު ބުނީ، ރޯނާލްޑީނިއޯ އަތުގައި އޮތީ ޕެރަގުއޭގެ ފޭކްޕާސްޕޯޓްކަމެއް އޭނާއަށް ނޭންގޭ ކަމަށެވެ. އެކަމުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސީ ޕެރަގުއޭގެ ސްޕޮންސަރުންގެ ފަރާތުން ކަމަށް ލޯޔަރު ބުންޏެވެ.

"އެއްވެސް ހެއްކެއް ފެންނާކަށް ނެތް އޭނާގެ އަމަލަކުންވެސް އަދި ސިފައަކުންވެސް އޭނާ އަކީ މުޖުތައުމައުއަށް ނުރައްކާތެރި ކުށްވެރިއެއް ކަމެއް." ޕެރަގުއޭގައި ރޮނާލްޑޯގެ މައްސަލަ ބަލަމުންދާ ޕްރޮސިކިއުޓަރުންގެ ޓީމުގައި ހިމެނޭ ޕްރޮސިކުއޓަރަކު ބުންޏެވެ. ޕްރޮސިއކުޓަރުން ބުނީ ރޮނާލްޑޯގެ ޕާސްޕޯޓަކީ ފޭކު ޕާސްޕޯޓެއްކަން އޭނާއަށް ނޭންގޭ ކަމަށް ޕްރޮސިއކުޓަރުން ގަބޫލު ކުރާ ކަމަށެވެ.

މިދިޔަ އަހަރު ބްރެޒިލްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ރޮނާލްޑީނިއޯގެ ބުރެޒިލްގެ ޕާސްޕޯޓް ހިފަހައްޓާފަ އެވެ. އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ތިމާވެއްޓަށް ގެއްލުން ދިން ކަމުގެ މައްސަލަ ތަހްގީގު ކުރިއަށް ދިއުމުންނެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު އޭނާގެ ޕާސްޕޯޓުން އަލުން ދޫކުރި އެވެ.

ޕެރަގުއޭގެ ފެޑްރަލް ކޯޓުން މި މަހު ކުރީ ކޮޅު ނިންމާފައި ވަނީ ކަނޑައެޅޭ ވަކި ޝަރުތތަކާއެކު ރޮނާލްޑޯ އާއި އޭނާގެ ބޭބެ ރޮބާޓޯ އެނބުރި ބްރެޒިލަށް ދިއުމުގެ މިނިވަންކަން ދިނުމަށެވެ. އެގޮތުން ޖޫރިމަނާގެ ގޮތުގައި 200،000 ޑޮލަރު ކަމާބެހޭ ފަރާތްކަށް ވަނީ ދައްކާފަ އެވެ. އަދި ދެ އަހަރު ވަންދެން، ރޮބޯޓޯ ކޮންމެ ތިން މަހަކުން ކަމާބެހޭ ފަރާތްކަށް ހާޒިރު ވުމަށް ވަނީ އަންގާފަ އެވެ. އަދި އެ މުއްދަތުގައި އޭނާއަށް ބްރެޒިލުން ބޭރަށް ނުދެވޭނެ ކަމަށްވެސް ވަނީ ނިންމާފަ އެވެ.

ޖަލުގައި 32 ދުވަހު ރޮނާޅްޑޯ ހޭދަ ކުރި އެވެ. އޭނާއަށް 40 އަހަރު ފުރުން ފާހަގަ ކުރިވެސް ޖަލުގަ އެވެ. އޭޕްރީލް މަހު އޭނާ ހޮޓަލަށް ބަދަލުކޮށް ގޭ ބަންދު ކުރި އެވެ.