ދުނިޔެ

އުތުރުގެ ބާރުތައް ކިމް ޖޮންގް އުންގެ ކޮއްކޯފުޅަށް

ސޯލް. (ދެކުނު ކޮރެއާ) -- އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ އަންހެން ކޮއްކޮ ކިމް ޔޯ ޖޮންގްއަށް އުތުރު ކޮރެއާގެ އެންމެ މުހިންމު ސިޔާސީ އެއް މަގާމާއެކު ބާރުތައް ދެއްވައިވާ ކަމަށް ސައުތު ކޮރެއާގެ އޮފިޝަލުން ގަބޫލު ކުރެއްވޭ ކަމަށް ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު ޖިއޮންގް ކިޔޮންގްޑޫ ގާނޫނުހަދާ ފަރާތްކާއި ނެޝަނަލް އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކިމް ޔޯ ޖޮންގް އަށް އުތުރު ކޮރެއާގެ ވެރިކަންކުރާ ވޯކާޒް ޕާޓީގެ އޮގަނައިޒޭޝަން އޮފް ގައިޑެންސް ޑިޕާޓްމެންޓް (އޯގީޑީ) ގެ ހިންގުން ހަވާލު ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ އުތުރު ކޮރެއާ އިން ސައުތު ކޮރެއާ އާއި އެމެރިކާ އާއި ދެމެދު އޮންނަ ގުޅުމުގައި ސިޔާސީީ ގޮތުން ނިންމަން ޖެހޭ މުހިންމު ނިންމުންތައް ނިންމުމުގެ ބާރު ވެސް އެކަމަނާއަށް މިހާރު އޮވެ އެވެ.

ދެކުނު މިގޮތަށް މީޑިއޯ ރިޕޯޓްތައް އާންމު ކުރާއިރު އުތުރުގެ ލީޑަރުގެ އާލާސްކަންފުޅު ބޮޑުވެ ކޯމާއެއްގައި އޮންނެވި ކަމަށް ބުނީ ވެސް ދެކުނުންނެވެ.

އޯޖީޑީގެ މައިގަނޑު މަގުސަދަކީ ޕާޓީން ގަބޫލުކުރާ އުސޫލުތައް ކުރިއެރުވާމާއި ޕާޓީގެ ހިންގުން ހަރުދަނާ ކުރުމާއި ޕާޓީގެ ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރުމެވެ. ތަޖުރިބާކާރުން ވިދާޅުވަނީ ވެރިކަންކުރާ ޕާޓީގައި ތިބި ގާތްގަނޑަކަށް ތިން މިލިއަން މީހުންނަކީ ކިމް ޖޮން އުން އަށް ވަފާތެރި ބައެއްކަން ޔަގީންކުރުމާއި އެމީހުންގެ ހަރަކާތްތައް މޮނިޓާކުރުމާއި އަދި އެމިހުންނަކީ ސަރުކާރުގެ އުސޫލުތަކަށް ފުރިހަމައަށް ބޯލަނބާ ތަބާވާ ބަޔަކަށް ހެދުމަކީ ވެސް އޯޖީޑީ ގެ މަސްއޫލިއްޔަޔަތެއް ކަމަށެވެ.

އާއިލާގެ މެމްބަރުންތެރެއިން ކިމް ޔޯ ޖޮންގް އަކީ ބޭބޭފުޅު ކިމް ޖޮން އުންގް އެންމެ އިތުބާރު ކުރައާވާ ބޭފުޅާ އެވެ. އޭނާ ކުރިން އަދާ ކުރެއްވި ވަޒީފާއަކީ ޕްރޮޕެގެންޑާ ފެތުުރުމުގެ އިސް މަސްއޫލިއްޔަތު އަދާ ކުރެއްވުމެވެ. އުތުރު ކޮރެއާ އަކީ އާންމުކޮށް ސަރުކާރުގެ އިސް މަގާމްތަކަށް އަންނަ ބަދަލު އިއުލާންކުރާ ގައުމެއް ނޫނެވެ.

ކިމް ޔޯ ޖުންގް އަކީ މިހާރު އުތުރު ކޮރެއާގެ ދެވަނައަށް އެންމެ ބާރުގަދަ ފަރާތެވެ. އެކަމަނާއަށް ވަރަށް ބޮޑެތި ބާރުތަކެއް މީގެ ކުރިން ވެސް ވަނީ ދީފައި އޮވެއެވެ.

ލީޑަރު ކިމް ޖޮން އުން އަކީ ސިއްހަތައް މާބޮޑު ސަމާލުކަމެއް ދެއްވާ ބޭފުޅެއް ނޫނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި އުތުރު ކޮރެއާގެ ލީޑަރުގެ ސިއްހީ ހާލުކޮޅުގެ ސަބަބުން މަގާމުގެ މަސްއޫލިޔަތު ފުރިހަމައަށް އަދާ ކުރައްވަން ދަތިފުޅު ވާތީ އާއި އެމަނިކުފާނަށް ފަހު އުތުރު ކޮރެއާގެ ވެރިކަން ކުރެއްވުމަށް ގެންދަވަނީ އެކަމަނާ ތައްޔާރު ކުރައްވަމުންނެވެ. .

ލީޑަރުގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް އުފަންވެވަޑައިގެންފައި ވަނީ 1987 ވަނއަހަރު އެވެ. އެކަމަނާ އާއި އެކަމަނާގެ ބޭބެ ކިޔަވާ ވިދާޅުވީ ސްވިޒަލޭންޑުުންނެވެ. އެކަމަނާގެ ބޭބެއަށްވުރެ އެކަމަނާ ހަތަރު އަހަރު ހަގެވެ. އެކަމަނާއަށް ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަން ލިބެން ފެށީ 2018 ވަނަ އަހަރު ދެކުނު ކޮރެއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެވެ އެކަމަނާ ވެވަޑައިގެންފައި ވަނީ އުތުރު ކޮރެއާގެ ވެރިކަންކުރާ އާއިލާއިން ސައުތު ކޮރެއާއަށް ޒިޔާރަތްކުރެްވި ފުރަތަމަ ބޭފުޅާއަށެވެ

އެެކަމަނާގެ ބޭބޭފުޅު. ލީޑަރު ކިމް ޖޮން އުން އާއިއެކު އެކަމަނާވަނީ ބައިނަލްއަގުވާމީ އެތައް ސަމިޓްއެއްގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. މިގޮތުން ދެކުނު ކޮރެއާގެ ރައީސް މޫން ޖީ އިން އާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނިވަޑައިގަންނަވަ އެވެ.