ޔުވެންޓާސް

ހިގުއައިން ދޫކޮށްލަން ޕިރްލޯ ނިންމައިފި

ޔުވެންޓަސްގެ ފޯވަޑް ގޮންޒާލޯ ހިގުއައިން، ދޫކޮށްލަން އެ ކުލަބުގެ ކޯޗް އެންޑްރެއާ ޕިރްލޯ ނިންމައިފި އެވެ.

އާޖެންޓީނަގެ ތަޖުރިބާކާރު ފޯވަޑް ޔުވެންޓަސްއަށް ބަދަލުވީ 2016 ވަނަ އަހަރު ނަޕޯލީންނެވެ. އޭނާ ވަނީ ޔުވެންޓަސް އާއެކު އިޓާލިއަން ލީގް ދެ ފަހަރު އަދި ކޮޕާ އިޓާލިއާ އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ. ޔުވެންޓަސްގެ ކޮންޓްރެކްޓްގައި އޭނާ ހޭދަ ކުރި ހަތަރު އަހަރުގެ ތެރެއިން ދެ އަހަރު ހޭދަ ކުރީ ލޯންގެ މުއްދަތުގަ އެވެ.

ޕިރްލޯ ވަނީ، ހިގުއައިން 32، ޔުވެންޓަސްއަށް ކޮށްދިން ހިދުމަތަށް ތައުރީފު ކޮށްފަ އެވެ. ޕިރްލޯ ބުނީ ހިގުއައިންއަކީ އޭނާ ވަރަށް ބަލައިގަންނަ ކުޅުންތެރިއެއް ކަމަށާއި ކުލަބުގައި މުހިންމު ވަގުތަކެއް އޭނާ ހޭދަކޮށްފި ކަމަށެވެ.

"ނަމަވެސް އަހަރެމެން މިހާރު ނިންމާފައި ވަނީ އޭނާ އާއެކު މަސައްކަތް ކުރަމުން ދިޔަ ދިއުމަށް ނިމުމުގެ ވަގުތު އަތުވެއްޖެ ކަމަށް،" ޔުވެންޓަސްގެ ކޯޗްގެ ގޮތުގައި ފުރަތަމަ ފަހަރަށް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޕިރްލޯ ބުންޏެވެ. "އޭނާ އަކީ ވަރަށް ކާމިޔާބު ޗެމްޕިއަނެއް، ނަމަވެސް މިހާރު އޭނާގެ ދައުރު މި ކުލަބާއެކު ވަނީ ނިމިފަ، އޭނާ ވަނީ އެއްފަރާތް ކުރެވިފައި، އަހަރެން މި ނިންމުން ނިންމީ އަހަރެމެން އެކަކު އަނެއްކަކާ ވާހަކަ ދެއްކުމަށް ފަހު."