ނ. މާފަރު އެއާޕޯޓްގައި ބޯޑާ ކޮންޓްރޯލް ނިޒާމް ގާއިމުކޮށް ނިންމައިފި އެވެ.
ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ބުނީ މާފަރުގައި ތަރައްގީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ބޯޑާ ކޮންޓްރޯލް ނިޒާމުގެ މަސައްކަތް އެންސީއައިޓީގެ މުވައްޒަފުން ފުރިހަމަކޮށް ނިންމާފައިވާ ކަމަށެވެ.
ބޯޑާ ކޮންޓްރޯލް ނިޒާމް މާފަރުގައި ގާއިމުކުރެވުމާއިއެކު ބައިނަލްއަގުވާމީ ފެންވަރުގައި ހުރިހާ ވައިގެ ބަނދަރުތަކުގައި އަދި ކަނޑުގެ ބަނދަރުތަކުގައި މި ހިދުމަތް ފުރިހަމައަށް ލިބެން ހުންނާނެއެވެ.
މި ބޯޑާ ކޮންޓްރޯލް ނިޒާމަކީ އެންމެ ފަހުގެ ތަރައްގީ އާއި އެކުގައި މަސައްކަތްކުރާ ނިޒާމެއްކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މި ނިޒާމް ގާއިމުކުރުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހައިން މާފަރަށް ދަތުރުކުރެވޭނެ ގޮތް ވުމަކީ ރާއްޖޭގެ މިވަގުތު ހާލަތަށް ބަލާއިރު ލިބޭނެ އެންމެ ބޮޑު އެއް ފަސޭހަ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
"މި ހަރުކުރެވުނު އާލާތްތައް ބޭނުންކުރަމުންދާއިރު އިތުރު މަސައްކަތްތަކަށް އެންސީއައިޓީގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީއިން އަރުވަން. އަދި މާފަރު އެއާޕޯޓުގައި މި ނިޒާމް ގާއިމުކުރެވިގެން ދިއުން އެއީ މިނިސްޓްރީއިން ވަރަށް ބޮޑަށް އުފާ ކުރާ ކަމެއް،"