ދުނިޔެ

އީރާނުގެ ނިއުކްލިއާ ސައިޓްތައް އިންސްޕެކްޓްކުރުމުގެ ހުއްދަ އައިއޭއީއޭއަށް ދީފި

އީރާނުން އެ ގައުމުގައި ގާއިމް ކޮށްފައިވާ ނިއުކްލިއާ ސައިޓްތަކުގެ ތެރެއިން ކުރީގެ ދެ ސައިޓެއް ބަލައި ފާސް ކުރުމުގެ ހުއްދަ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ އިންސްޕެކްޓަރުންނަށް ދީފި އެވެ.

މި ކަމާއި ގުޅިގެން އައިއޭއީއޭ އިން ބުނީ މި މައްސަލާގައި ދެން އިތުރަށް އީރާނާ އެއްވެސް ސުވާލެއް ނުކުރާނެ ކަމަށާއި ސައިޓްތައް ބަލައި ފާސް ކުރަން ވަނުމުގެ ހުއްދައެއް ލިބުނީ އީރާނާއެކު އެތައް މަހަކަށް ދިގުލައިގެން ދިޔަ މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.

އެގްރީމެންޓަކާއި ހަމައަށް ދިޔައީ މިދިއަ ބުދަ ދުވަހު އައިއޭއީއޭގެ ޗީފް، ރަފައެލް ގްރޮސް އީރާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހު އެވެ. މި ދަތުރުފުޅުގައި މަތީފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ އެވެ.

"އީރާނުން އެއްވެސް ޝަރުތަކާއި ނުލައި އައިއޭއީއޭ އިން ބަލަން ބޭނުންވާ ދެ ނިއުކްލިއާ ކާރުހާނާއަށް ވަދެ ބަލަން ވަނީ ހުއްދަދީފައި" ގްރޮސް އާއި އީރާންގެ ނިއުކްލިއާ އޭޖެންސީގެ ވެރިއާ އަލީ އަކްބަރު ސަލާހީ އާއި ދެ ބޭފުޅުން ދެއްވި ގުޅިފަިއވާ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ނިއުކްލިއާ ސައިޓްތައް އިންސްޕެކްޓް ކުރާނެ ދުވަހަކާއި މެދު ވެސް ދެފަރާތުން ވަނީ އެއްބަސްވެފަ އެވެ. ސައިޓްތައް ފާސް ކުރުމުގައި ދެފަރާތުން ވެސް މިނިވަން ކަމާއެކު ހަރުދަަނާ އުސޫލެއްގެ މަތިން އެކަން ކުރިއަށް ގެެންދާނެ އެވެ އީރާންގެ ވެރިރަށް، ތެހެރާނާއި އިސްފަހާންގައި ހުރި ސައިޓްތަކުގައި ނިއުކްލާ މެޓީރިއަލް ރައްކާކޮށްފައި ނުވަތަ ހުއްދަ ކުރެވިފައި ނުވާ ނިއުކްލިއާ ސާމަނު ހުރި ކަމަށް އައިއޭއީއޭ އިން ޝައްކުރެ އެވެ މިކަމާއި ގުޅިގެން އައިއޭއީއޭ އިން ވަނީ އެތައް މަހެއްވަން ދެން ނިއުކްލިއާ ސައިޓްތައް އިންސްޕެކްޓް ކުރުމުގެ ހުއްދައެއް ލިބޭތޯ މަސައްކަތް ކޮށްފަ އެވެ.

އައިއޭއީއޭ އިން މިދިޔަ ޖޫންމަހު އެ ސައިޓްތައް ބަލައި ފާސް ކުރުމުގެ ހުއްދަ ދިނުމަށް އީރާނަށް މަޖުބޫރު ކުރުވުމުގެ ގޮތުން ގަރާރެއް ފާސް ކުރި އެވެ. އެ ގަރާރައް ބޯލަނބަން މިދިއަ ބުދަދުވަހާއި ހަމައަށް އީރާނުން ދިޔައީ ދެކޮޅު ހަދަމުންނެވެެ. އީރާން ގެ ޝަކުވާއަކީ އދ. ކަމާބެހޭ ފަރާތްތަކުން އެއްވެސް އަސާސްއެއް ނެތް ގޮތުގައި ދޮގު ތުހުމަތު އަޅުވާފައި ވަނީ ޔަހޫދީ ދައުލަތް، އިޒްރޭލުން ދީފައިވާ ދޮގު މައުލޫމާތުތަކުގެ މައްޗައް ކަމަށް ބުނަމުންނެވެ.

"އީރާން އޮތީ އައިއޭއީއޭ އަށް މީގެ ކުރިން ވެސް އެއްބާރުލުން ދިން ގޮތަށް އެއްބާރުލުން ދޭން ތައްޔާރަށް" އީރާންގެ ރައިސް ހަސަން ރޫހާނީ، އައިއޭއީއޭގެ ޗީފް، ރަަފައެލް އާއި މުހާތަބުކުރައްވާ ވިދާޅުވި ކަމަށް އިރާންގެ ރަސްމީ މީޑިއާގައި ބުނެފައި ވެއެވެ.

އަލަށް ހެދުނު އެގްރީމެންޓަކީ އީރާނަށް ގަބޫލުކުރެވޭ އެއްޗެއް ކަމަށާއި އަދި މިއެއްބަސްވުމުގެ ސަބަބުން އެންމެ ފަހުން މައްސަލަތައް ހައްލުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ރައީސް ރޫހާނީ ވިދާޅުވި އެވެ

އެކަމަކު ރަފައެލް ގްރޯސް އަރިހުގައި ރޫހާނީ ވިދާޅުވީ އައިއޭއީއޭ އަށް އެއްބާރުލުން ނުދޭ އަދި ނިއުކްލިއާ ހަތިޔާރު ވެސް ހުރި އީރާންގެ ދާއިމީ ދުޝްމަނުން އެބަތިބި ކަމަށާއި އެމީހުންނަކީ އިރާނަށް އިތުރު މައްސަލަތައް ކުރިމަތިކުރުވާ ބައެއް ކަމަށެވެ.

ރަފައެލް ގްރޯސްގެ ދަތުރުފުޅު ކުރެއްވީ އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން 2015 ގައި ސޮއިކުރި ބޮޑު ނިއުކްލިއާ އެއބަސްވުމަށް ސެޕްޓެމްބަރާ އެކެއްގައި އަހަރުފުރެން ކައިރިވެފައި ވަނިކޮށެވެ. އެކަމަކު 2018 ވަނަ އަހަރު އެމެރިކާއިން ވަނީ އެ އެއް ބަސްވުމުން ވަކިވެފައެވެ.