ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާގެ އެހީ ދެ މަޝްރޫއެއް އިފުތިތާހުކޮށްފި

Aug 27, 2020
2

އިންޑިއާގެ ހިލޭ އެހީގައި މަރާމާތު ކުރާ ހުޅުމާލެ ސެންޓްރަލް ޕާކާއި، އެ ރަށުގެ އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތު ކުރުމުގެ މަޝްރޫއު މިއަދު އިފްތިތާހްކޮށްފި އެވެ.

ޕްރޮޖެކްޓްތައް ފަށަން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރާއްޖޭގައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ބައިވެރިވެވަޑައިގަތެވެ.

  • ސެންޓްރަލް ޕާކް މަރާމާތަށް: 8،993،614.88 ރުފިޔާ
  • އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމަށް: 995،385.12 ރުފިޔާ

މިނިސްޓަރު ޝާހިދު ވިދާޅުވީ 9.989 މިލިއަން ދިވެހި ރުފިޔާގެ މި ދެ ޕްރޮޖެކްޓްގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ މީހުނާއި ޒިޔާރަތްކުރާ މީހުނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދެވޭނެ ކަމަށެވެ.

މި ދެ ޕްރޮޖެކްޓް ހިންގާނީ އެޗްޑީސީންނެވެ. ދެ ޕްރޮޖެކްޓަށް ފައިސާ ހަމަޖައްސާފައި ވަނީ މާޗް، 2019 ދިވެހި ސަރުކާރަށް އިންޑިއާއިން ހަމަޖައްސައިދިން 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ.