ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ލޯން ދައްކަން ޖުލައި މަހު 82.1 މިލިއަން ރުފިޔާ ހޭދަކޮށްފި

Aug 28, 2020

މިދިޔަ ޖުލައި މަހު ލޯން ދައްކަން 82.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ލޯނު ދައްކަން 82.1 މިލިއަން ރުފިޔާ ހޭދަކުރިއިރު މިދިޔަ އަހަރުގެ ހޭދަ އުޅެނީ 148.4 މިލިއަން ރުފިޔާގަ އެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ލޯނު ދައްކަން މި އަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް 625.0 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ހޭދަ އުޅެނީ 676.2 މިލިއަން ރުފިޔާގަ އެވެ.

ދައުލަތަށް ލިބޭ ޓެކްސްގެ އާމްދަނީ ދަށްވުމުގެ ސަބަބުން ދައުލަތުން ވަނީ ލޯނު ނަގަމުންނެވެ. މިދިޔަ އަހަރު ދަރަންޏަށް ތިން ބިލިއަން ރުފިޔާ އިތުރުވީއިރު، މި އަހަރު ވެސް މިހާތަނަށް ގިނަ އަދަދެއްގެ ލޯނު ނަގާފައިވެ އެވެ.