އެމްއެންޑީއެފް

ހައި ކޮމިޝަން ބޭރުގައި ސިފައިން ހަތިޔާރާ އެކު

Aug 29, 2020
2

އިންޑިއާ ހައިކޮމިޝަން ބޭރުގައި ސިފައިން ހަތިޔާރާއެކު ފޯރި މަރަން ފަށައިފި އެވެ.

ހައި ކޮމިޝަންތަކުގެ ބޭރުގައި މީގެ ކުރިން ފޯރި މަރަމުންދަނީ ފުލުހުންނެވެ. ނަމަވެސް މިއަދު ހެނދުނުން ފެށިގެން ސިފައިން ދަނީ ހަތިޔާރާއެކު އިންޑިއާ ހައިކޮމިޝަން ބޭރުގައި ފޯރި މަރަންނެވެ.

އެކަމާއި ގުޅޭގޮތުން އެމްއެންޑީއެފްއިން ވަކި އެއްޗެއް ނުބުނެއެވެ. އަދި ސިފައިންގެ ތަރުޖަމާނާ ސުވާލު ކުރުމުން ވަކި ޖަވާބެއް ނުދެއްވައެވެ.

އިންޑިއާ ހައިކޮމިޝަން ބޭރުގައި ސިފައިން ހަތިޔާރާއެކު ފޯރި މަރަން ފަށާފައި މިވަނީ އިދިކޮޅުން މި ސަރުކާރާއި އިންޑިއާގެ ގުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ވަގުތެއްގައެވެ. އަދި ރާއްޖޭގެ ކަންކަމަށް އިންޑިއާއިން ބަސް ކިޔަން މި ސަރުކާރުން ދޫކޮށްލާފައިވާ ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން އިންޑިއާއަށްވެސް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.