ދުނިޔެ

ޔޫއޭއީން އިޒްރޭލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައިފި

އިޒްރޭލާއި ދެކޮޅަށް އޫއޭއީން އަޅާފައިވާ އިގްތިސޯދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅުތަކެއް އުވާލައިފި އެވެ. މި ފިޔަވަޅުތައް އުވާލީ އެމެރިކާގެ އިސް ނެގުމަކަށް ޔޫއޭއީ އާއި އިޒްރޭލާއި ދެމެދު މިދިޔަ އޯގަސްޓް މަހު ވި ސުލްހައިގެ އެއްބަސްވުވުމުގެ ތެރެއިންނެވެ.

ޔޫއޭއޭއީގެ ރައީސް އަދި އަބޫދާބީގެ ޝެއިހު ހަލީފާ ބިން ޒައިދް އަލް ނަހްޔާން ކުރެއްވި އިއުލާނާއެކު އިގްތިސޯދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާއި އިޒްރޭލްގެ ރައްޔިތުންނާއި އިޒްރޭލްގެ ކުންފުނިތަކަށް ޔޫއޭއީ އާއެކު ވިޔަފާރި ކުރެވޭނެ އެވެ. މިނިންމުމުގެ ސަބަބުން ދާއިމީ ގުޅުމެއް ދެ ގަައުމުގެ ދެމެދުގައިވުމަށް މަގުފަހިވާނެ އެވެ

އެކަމަކު މި އެއްބަސްވުމުގެ ދަށުން އިޒްރޭލުން ހިފާފައިވާ ފަލަސްތީންގެ ހުޅަނގު އައްސޭރީގެ ބިމަށް ވެރިވާންކުރާ މަސަައްކަތްތަށް ވަގުތުން ހުއްޓާލަން ޝަރުތު ކޮށްފައި ވެއެވެ.

ޔޫއޭއީއަކީ ހަތް ސްޓޭޓެއްގެ މައްޗައް އެކުލެވޭ ފެޑެޜޭޝަނެކެވެ. ޔޫއޭއީގެ ރަސްމީ ނޫސް އެޖެންސީން ބުނި ގޮތުގައި މި ނިންމުމުގެ ސަބަބުން ޔޫއޭއި އިޒްރޭލާ ދެމެދު ޑިޕްލޮމެޓިކް ގުޅުމުގެ އިތުރަށް އިގްތިސާދީ ގުޅުންވެސް ގާއިމްވާނެ އެވެ

މާދަމާ އިޒްރޭލްއި ޔޫއޭއީއަށް ދަތުރުކުރާ ފުރަތަމަ ކޮމާޝަަލް ފްލައިޓްދާނެ އެވެ. މި ފްލައިޓްގައި އެމެރިކާ އާއި އިޒްރޭލްގެ އޮފިޝަލުންގެ އިތުރައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕްގެ ދަނބިދަރިކަލުން ޖެރާޑް ކުޝްނާ ހިމެނިވޑައިގަންނަވަ އެވެ.

ހޮނިހިރު ދުވަހުގެ އިއުލާނާއިއެކު 1972 ގައި ޔޫއޭއީ އުފެދުމާއިއެކު އިޒްރޭލާއި ދެކޮޅަށް ފާސް ކުރި ގާނޫން ބާތިލްވީ އެވެ. މި ގާނޫނާ އުވާލުމާއި ގިނަ އަރަބި ގައުމުތަކުން ދެކޮޅު ހަދައެވެ. އެގަ އުމުތަކުން ބުނާ ގޮތުގައި އިޒްރޭލަކީ ދައުލަތެއް ކަމަށް ގަބޫލު ކުރަން ޖެހޭނީ ފަލަސްތީނަށް ވަކި ދައުލަތެއްް ގާއިމްވުމަށްފަހު އެވެ.

ޔޫއޭއީ ވާނީ އިޒްރޭލާއެކެ ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރާ އަރަބި ިތިންވަނަ ގައުމަށެވެ. ފަލަސްތީންގެ ގިނަ ޖަމާއަތްތަކުން ދަނީ މި އެއްބަސްވުމާއި ދެކޮޅުހަދަމުންނެވެ، އޭގެތެރޭގައި ހަމާސް ޖަމާއަތާޢި ފަތަހަ ޖަމާއަތް ވެސް ހިމެނެެވެ.