ބޭރު ކުޅިވަރު

ސިނގިރޭޓް ބުއި މައްސަލައިގައި ޝެޒްނީ މާފަށް އެދިއްޖެ: ވެންގާ

ލަންޑަން (ޖެނުއަރީ 10) – އިނގިރޭސި ލީގުގައި ސައުތުހެމްޓަން އަތުން އާސެނަލް ބަލިވި މެޗަށް ފަހު ޗޭންޖިން ރޫމްގައި އާސެނަލްގެ ޕޯލެންޑްގެ ގޯލްކީޕަރު ވޮޒްނިއެކް ޝެޒްނީ ސިނގިރޭޓް ބުއި މައްސަލައިގައި ޝެޒްނީ މާފަށް އެދިފައިވާ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި މަހުގެ އެއްވަނަ ދުވަހު ރަށުން ބޭރުގައި ސައުތުހެމްޓަން އަތުން އާސެނަލް ބަލިވި މެޗަށް ފަހު، ޗޭންޖިން ރޫމްގެ ތެރޭގައި ޝެޒްނީ ވަނީ ސިނިގިރޭޓެއް ބޮއެފަ އެވެ. އެކަމަކު ވެންގާ ބުނީ އެއީ ޝެޒްނީ އަށް ހެދުނު ގޯހެއް ކަމަށާއި އެކަމަށް އޭނާ މާފަށް އެދިފައިވާ ކަމަށެވެ.

"އެއީ ޝެޒްނީ އަށް ހެދުނު ގޯހެއް. ޝެޒްނީ އަކީ މިސްޓޭކެއް ހެދި ފުރަތަމަ ކުޅުންތެރިއާއެއް ނޫން. އަދި ފަހު ކުޅުންތެރިއާއެއް ނޫން،" ވެންގާ ބުންޏެވެ. "ޝެޒްނީ އަކީ އަހަންނަށް ވަރަށް ކަމުދާ ކުޅުންތެރިއެއް. ގޯހެއް ހެދިއްޖެ ނަމަ، އެކަމަކާ އޭނާ ކުރިމަތިލާނެ. ޝެޒްނީ ވަނީ އެކަމަށް މާފަށް އެދިފައި."