ވިޔަފާރި

އެމްޓީޑީސީން ހިއްސާއަކަށް 50ލ. ބަހަން ފާސްކޮށްފި

Aug 30, 2020

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހިއްސާއަކަށް 50ލ. ބަހަން ނިންމައިފި އެވެ.

އެމްޓީޑީސީއިން ރޭ ވާޗުއަލްކޮށް ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވަނީ 11 އަހަރު ފަހުން ހިއްސާއަކަށް 50ލ. ބަހަން ނިންމާފަ އެވެ. މި ނިންމުން ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 899 މީހުންގެ ވޯޓުންނެވެ.

އެ ކުންފުނިން ވަނީ ކުރި އަށް އޮތް އަހަރަށް ކުންފުނި އޮޑިޓް ކުރަން ކޭޕީއެމްޖީ ހަމަޖައްސަން ވެސް ފާސްކޮށްފަ އެވެ. އަދި ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލް ކުރަން ފަސް ޑިރެކްޓަރުން ވެސް ހޮވާފަ ކޮށްފަ އެވެ.

ބޯޑަށް ހޮވި ފަސް ޑިރެކްޓަރުންނަކީ އަސާމީ ރުޝްދީ އާއި އަހުމަދު މުޖުތަބާ އަދި އައިޝަތު ފަޒީނާ އަދި އަހުމަދު ނިޔާޒު އަދި އިބްރާހިމް ލަތީފު އެވެ.

އެމްޓީޑީސީން ކުރިން ކުރަމުން ދިޔަ ބައެއް ހަރަދުތައް ކުޑަކޮށްގެން މިދިޔަ އަހަރު 1.2 މިލިއަން ޑޮލަރު ފައިދާ ވެފައެވެ.