ވިޔަފާރި

އެސްޓީއޯގެ ހިއްސާއަކަށް 58ރ. ބަހަން ފާސްކޮށްފި

Aug 30, 2020

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 58 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

އެސްޓީއޯ އިން ވާޗުއަލްކޮށް ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވި އާއްމު މެންބަރުގެ ވޯޓުން ހިއްސާއަކަށް 58ރ. ބަހަން ނިންމުމާއެކު، މި ނިންމުމާއެކު އެ ކުންފުނީގެ ހިއްސާއަކަށް ޖެހޭ އަދަދު 58ރ. ގައި ހިފެހެއްޓިފައި އޮންނަތާ ދެ އަހަރުވީ އެވެ. އެސްޓީއޯ އިން 2018 ވަނަ އަހަރު ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 58ރ. އެވެ.


އެ ކުންފުނިން މިއަދު ބޭއްވި ޖަލްސާގައި 52 މެންބަރުން ބައިވެރިވެފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ ޖަލްސާއަށް ހާޒިރު ތިބި 11 މެންބަރުންނާއި ޕްރޮކްސީގެ ޒަރިއްޔާއިން ބައިވެވި 41 ހިއްސާދާރުންނެވެ. އަދި އޭޖީއެމްގައި އެ ކުންފުނި އޮޑިޓް ކުރަން ޕްރައިސް ވޯޓާ ހައުސް ކޫޕާސް އައްޔަން ކުރަން ނިންމާފަ އެވެ. އާއްމު ހިއްސާދާރުންގެ ފަރާތުން ތަމްސީލް ކުރަން، ހ. މޮސްކޯގެ، އައިމިނަތު ރުޝްމާ އައްޔަން ކުރަން ވަނީ ފާސްކޮށްފަ އެވެ.

މިދިޔަ އަހަރަކީ އެސްޓީއޯ އަށް މާލީގޮތުން ބޮޑު ކާމިޔާބީއެއް ލިބުނު އަހަރެކެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 400 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޖުމްލަ ފައިދާ ވަނީ 13 ޕަސެންޓު އިތުރުވެފަ އެވެ. އެސްޓީއޯގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް އެކަނި ލިބުނު ސާފު ފައިދާ ވަނީ 95 ޕަސެންޓު އިތުރުވެފަ އެވެ. އެސްޓީއޯ ގްރޫޕް އެއްކޮށްލައިގެން ބަލާނަމަ ސާފު ފައިދާ އުޅެނީ 383 މިލިއަން ރުފިޔާގަ އެވެ. އަދި ވަކިން ބަލާނަމަ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 300 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ކުރީ އަހަރު ލިބުނު 14 މިލިއަން ރުފިޔާއާ އަޅާކިޔާނަމަ ގާތްގަނޑަކަށް 95 ޕަސެންޓުގެ އިތުރުވުމެކެވެ.

އެސްޓީއޯ ގްރޫޕް އެއްކޮށްލައިގެން ބަލާނަމަ ސާފު ފައިދާ އުޅެނީ 383 މިލިއަން ރުފިޔާގަ އެވެ. އަދި ވަކިން ބަލާނަމަ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 300 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ކުރީ އަހަރު ލިބުނު 14 މިލިއަން ރުފިޔާއާ އަޅާކިޔާނަމަ ގާތްގަނޑަކަށް 95 ޕަސެންޓުގެ އިތުރުވުމެކެވެ.