ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެއް ދުވަހުގެ ކޮވިޑް ބަލީގެ ރެކޯޑް އިންޑިއާއަށް

ދުވާލެއްގެ މައްޗަށް އެންމެ ގިނަ އަދަދެއްގެ މީހުނަށް ކޮވިޑް-19 ޖެހުނު ގައުމަކަށް އިންޑިއާ ވެއްޖެ އެވެ. މިދިއަ 24 ގަޑިއިރުގެތެރޭގައި 78761 މީހުނަށް އިންޑިއާގައި ކޮވިޑް ޖެހުނެވެ. މިއީ މި ވަބާގައި މިހާތަނަށް އެއްވެސް ގައުމަކުން އެއް ދުވަހަކަށް މި ބަލި ޖެހުނު ކަމަން ރެކޯޑްކުރެވިފައިވާ އެންމެ މަތީ އަދަދެވެ.

ދުނިޔޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 25 މިލިއަންއަށް އަރާފައިވާ ކަމަށް ޖޯން ހޮޕްކިންސް ޔުނިވަސިޓީއިން ވަނީ ބުނެފަ އެވެ. އެ ޔުނިވާސިޓީއަކީ ވެސް ދުނިޔޭގައި ކޮވިޑްޖެހޭ މީހުންގެ އަދަދު ބަލަހައްޓައިދޭ ފަރާތެކެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީއިން ބުނި ގޮތުގައި ވޭތުވެދިޔަ 24 ގަޑީއިރުތެޜޭގައި 948 މީހުން މަރުވެ މިބަލީގައި އެ ގައުމުން މަރުވި މީހުންގެ ޖުމްލަ 63498 އަށް އަރާފައި ވެއެވެ. މިއާއެކު އިންޑިއާއަކީ ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ މީހުން ކޮވިޑް 19 ބަލީގައި މަރުވި ގައުމަށް މިހާރު ވަނީ ވެފައެވެ. އެމެރިކާ ޢާއި ބްރެޒިލް އަދި މެކްސިކޯ ފިޔަވައި ކޮވިޑް ބަލީގައި ދުނިޔެއިން އެންމެ ގިނަ ބަޔަކު މަރުވިވި ގައުމަކީ އިންޑިއާ އެވެ.

އިންޑިއާގައި ކޮވިޑް ޖެހޭ މީހުން އިތުރުވަމުން ދަނީ ކަންބޮޑުވާ ދަރަޖައަކަށެވެ. ވޭތުވެދިޔަ ހަތަރު ދުވަހު ވެސް ދުވާލެއްގެ މައްޗަށް 75000 އަށްވުރެ ގިނަ މީހުން އިންޑިއާގައި މިބައްޔަށް ޕޮޒިޓިވްވި އެވެ.

އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑަށް އިިިންޑިއާއިން ޕޮޒިޓިވްވި މީހުން ވަނީ ކުރިން މި ބަލީގައި އެެއްދުވަހެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި އެމެރިކާ ވެސް ފަހަތައްލާފަ އެވެ. އެމެރިކާގައި އެއް ދުވަހަކަށް މި ބަލި އެންމެ ގިނަ މީހުނަށް ޖެހިފައި ވަނީ މިދިޔަ ޖޫން މަހުގެ ދުވަހެއްގައި 77299 މީހުނަށެެވެ.

އިންޑިއާގެ އަށް ސްޓޭޓޭއް، ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ ސަރަހައްދުތަކުގެތެރޭގައި ހިމެނެ އެވެ. މިއާއެކު އިންޑިއާ މިހާރުވެފައި ވަނީ މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހިފައިވާ ބަލިމީހުންގެ 73 ޕަސެންޓް ހިއްސާކުރާ ގައުމަށެވެ.

ކޮވިޑްގެ ކޭސްތައް އިންޑިއާގައި އިތުރުވި އިރު އަންނަ މަހު އެ ގައުމުގެ އިގްތިސޯދަށް ބަދަލުތަކެއް ގެނައުމަށް ބިމުއަޑީގެ ރެއިލްވޭ ސްޓޭޝަންތައް ހުޅުވުމާއި ކުޅިވަރާއި ދީނީ ހަރަކާތްތައް ވަކި ހުދޫދެއްގެ ތެރެއިން ހުއްދަ ކުރަން ވަނީ ނިންމާފަ އެވެ.