ވީނުވީ ގޮތެއް ނޭނގި ގެއްލިފައިވާ މީހުންގެ ދުވަސް އިއްޔެ ފާހަގަކުރި އިރު ލީބިޔާގެ ދާހިލީ ހަނގުރާމައިގެތެރޭގައި ގެއްލިފައިވާ މީހުންގެ މައްސަލަ ދުނިޔޭގެ ސަމާލު ކަމަށް ގެނެސްފި އެވެ
އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރެސެންޓް (އައިސީއާރްސީ) އިން ހާމަކުރި ގޮތުގައި 2011 ވަނަ އަހަރު ލީބިޔާގެ ކުރީގެ ލީޑަރު ކާނަލް ގައްޒާފީގެ ވެރިކަން ވެއްޓުނު ފަހުން އެ ގައުމުގައި ހިނގި ހަމަނުޖެހުންތަކުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ.
ލީބިޔާގެ ދާހިލީ ހަގުރާމައިގެ ތެރޭގައި އަބޫ ސާލިމް ޖަލުގައި ހިނގި ގަތުލުއާންމާއި ހަމަނުޖެހުންތަކުގެ ސަބަބުން ސިޔާސީ ހަތުރުން އުފެދި އޭގެ ތެރެއިން އެތައް ބަޔަކު ވަނީ ވީނުވީގޮތެއް ނޭނގި ގެއްލިފަ އެވެ. އެއީ ހަގީގަތް ކަމުގައި ވިއަސް ހަނގުރާމަ އާއި ހުދުމުހުތާރު ވެރިކަމުގެ ސަބަބުން ގެއްލިފަިވާ މީހުންގެ މައްސަލަތަކަށް ދެވޭ ސަމާލުކަން ވަނީ ކުޑަވެފަ އެވެ
ތަފާސް ހިސާބުތައް ދައްކާގޮތުގައި 44000 މީހުން އެފްރިކާގެ ބައްރުން ވީނުވީގޮތެއް ނޭނގި ވަނީ ގެއްލިފަ އެވެ. މި އަދަދުތަކުން އެންމެ ބޮޑު ހައިރާން ކަމެއް ލިބެނީ ގެއްލިފަިވާ މީހުންްގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ގެއްލުނުއިރު ކުޑަކުދިން ކަމުގައި ވުމެވެ.
ގެއްލިފަިވާ މީހެއްކަމުގައި ބަލަނީ ގެއްލުނު މީހާގެ އާއިލާގެ މެމްބަރަކު ގެއްލިފައިވާ މީހާގެ މައްސަލަ ރަޖިސްޓްރީ ކުރުމުންނެވެ.
"ފައިލް ކުރެވިފައިވާ ކޭސްތަކުގެ އަދަދަކީ ކަނޑުގެތެރެއަށް ފެންތިއްކެއް ވައްޓާލުން ފަދަ ކަމެއް" ގެއްލިފައިވާ މީހުންނާއި އެމީހުންގެ އާއިލާތަކަށް ހާއްސަވެފައިވާ އައިސީއާރްސީގެ ރީޖަނަލް އެޑްވައިޒަރު ވިދާޅުވި އެވެ.