ހަބަރު

ބްލެކްމެއިލްކޮށް ފައިސާ ހޯދި މައްސަލައެއް ބަލަނީ

Aug 31, 2020

އުމުރުން 40 އަހަރުގެ އަންހެނަކަށް ބިރު ދައްކައި އޭނާ ބްލެއިކްމެއިލް ކޮށް ފައިސާ ހޯދި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ބްލެއިކްމެއިލް ކޮށްފައި ވަނީ އައްޑު އަތޮޅުގެ ހުޅުމީދޫގެ އަންހެނެއް ކަމަށާއި މި މައްސަލަ މިދިއަ ޖުލައި 25 ގައި ފުލުހުންނަށް ހުށަހެޅުމުން މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފަ އެއް ނުވެ އެވެ. މައްސަލަ ދަނީ މިހާރު ތަހުގީގު ކުރަމުންނެވެ. ބިރުދައްކާ ބްލެކްމެއިލް ކުރުމުގެ މައްސަލަތައް އުމުރުން ދޮށީ މީހުންގެ އިތުރުން ކުޑަ ކުދިންނަށް ކުރިމަތި ކުރުވަ އެވެ.