ހަބަރު

ޕްރާނަބް އަވާހަރަވުމަކީ މުޅި ސަރަހައްދަށް ލިބުނު ގެއްލުމެއް

Aug 31, 2020

އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވުމަކީ އިންޑިއާގެ އިތުރުން މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ލިބިގެންދިއަ ފޫނުބެއްދޭވަރުގެ ގެއްލުމެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މުކަރުޖީ އަވަހާރަވީ އުމުރުފުޅުން 84 އަހަރުގައެވެ. އަވަހާރަވީއިރު ގެންދެވީ ކޮވިޑްގެ އާލާސްކަންފުޅަށް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުންނެވެ. އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދެވީ އަސްކަރީ ހޮސްޕިޓަލެއްގައެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްރަނާބް މުކަރްޖީ އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ އާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ.

އަދި ޕްރަނާބް މުކަރްޖީއަކީ ރައްޔިތުންނަށް ހިދުމަތް ކުރެއްވި ވަރަށް ގާބިލު ވެރިއެއް ކަމަށާއި އަދި އެމަނިކުފާނު އަވަހާރަވުމަކީ އިންޑިއާގެ އިތުރުން މުޅި ދެކުނު އޭޝިއާއަށް ވެސް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ.

މުކަރުޖީއަކީ އިންޑިއާގެ 13 ވަނަ ރައީސެވެ.