ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ތިނަދޫ ބޯޓުން އިތުރު މީހަކު ޕޮޒިޓިވެއްޖެ

ގދ. ތިނަދޫ އާއި މާލެއާ ދެމެދު ދަތުރުކުރާ "ދެރަހަ" ބޯޓުގެ އިތުރު ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ތިނަދޫ ކައުންސިލުގެ ރަައީސް އަަލީ އަމްޖަދު މިއަދު ވިދާޅުވީ ފުރަތަމަ ކޭހާ ގުޅިގެން ބެލި ބެލުމުން އިތުރު މީހަކު ޕޮޒިޓިވްވެފަައިވާ ކަމަށެވެ. ރޭ ޕޮޒިޓިވްވެފައި ވަނީ އެ ދޯނީގައި މަސައްކަތް ކުރަމުން އައި ބިދޭސީ ފަޅުވެރި އެކެވެ. އެމީހާއަކީ، ކުރިން ޕޮޒިޓިވްްވި މީހާގެ ޑައިރެކްޓު ކޮންޓެކްޓެކެވެ.

ކައުންސިލުން މިހާރު ދަނީ އެމީހާގެ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ވެސް ކުރަަމުންނެވެ.

ފުރަތަމަ ކޭހުގެ ކޮންޓެކްްޓުންގެ ގޮތުގައި 41 މީހަކު ރެކޯޑު ކުރެވިފައިވާއިރު އޭގެ ތެރޭގައި އެ އަތޮޅުގެ ބައެއް ރަށްރަށުގެ މީހުން ހިމެނޭ ކަމަށް ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިިޓަލު ބުނެފައި ވެއެވެ. އަދި އެ ބޯޓަކީ އަތޮޅުގެ އެހެން ރަށްތަކަށްވެސް ދަތުރު ކުރި ބޯޓަކަށް ވުމުން ބައެއް ރަށްރަށަށް ޖައްސާފައި ވެސް ވެއެވެ.

ތިނަދޫގެ ފުރަތަމަ ކޭހާއެކު، އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސް، އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ.

ތިނަދޫ އިން ޕޮޒިޓިވް ކޭހެއް ފެނިފަައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އުމުރުން 68 އަހަރުގެ އެ މީހާއަކީ "ދެރަހަ" ބޯޓުގެ ފަޅުވެރި އެކެވެ. ޕޮޒިޓިވްވި މިހާ، ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީ އަށް ބަދަލު ކުރަން އުޅުމާ ގުޅިގެން ވިލިނގިލީގައި އިއްޔެ ވަނީ މުޒާހަރާކޮށްފަ އެވެ. އެންމެ ފަހުން އެމީހާ މާލެ އަށް ގެނެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ވަނީ އެޑްމިޓްކޮށްފަ އެވެ.

ވިލިނގިލީގެ ބަޔަކު އެ މީހާއާ މެދު އިހާނެތިކޮށް ހިތައި އެރަށަށް އަރުވަ ދެކޮޅު ހެދި މައްސަލަ މުޅި ރާއްޖޭގައި ވަނީ ހޫނުވެފަ އެވެ.